
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 4-10 އަށް ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތަށް ގައުމީ ޓީމު ތައްޔާރުވަނީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އަލަށް ހަމަޖައްސާފައިވާ މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަކީ މޯހަންގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.
މި މެޗަށް ގައުމީ ޓީމުން ތައްޔާރުވަމުން އަންނައިރު، މި ދެ މެޗަށް ނެގި ސްކޮޑުގައި ގޯލްކީޕަރު މުޙައްމަދު ފައިސަލް އާއި ޒުވާން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އިލާން އިމްރާން އާއި ހަސަން ރާއިދު ވަނީ ހިމަނާފައެވެ. މީގެ ދެ އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުން އުމުރުން 37 އަހަރުގެ ގޯލްކީޕަރު ފައިސަލް ބާކީކުރީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އޭގެ ފަހުން އެ އަހަރުގެ ސެޕްޓެމްބަރު މަހު އޮޕަރޭޝަނެއް ކުރުމަށްފަހު ފައިސަލް އެ ފަހުން ރިކަވަރީއަށް ފޯކަސް ކުރުމަށްފަހު، މިހާރު އަންނަނީ އޭނާ ދާދި ފަހުން ގުޅުނު ބުރު ސްޕޯޓްސް ކުލަބުގެ ޕްރީ-ސީޒަންގައި ބައިވެރިވަމުންނެވެ.
މީގެ އިތުރުން މި ފަހަރުގެ ސްކޮޑުން ވަނީ ކުލަބު އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަހުޒަމް ރަޝީދަށް ފުރުސަތުދީފައެވެ. ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ނުވަވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
