
ރައީސް އޮފީސް ސަރަހައްދުގައި އިއްޔެ އިހްތިޖާޖުކުރި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާނޭކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ދާހިލީ ވަޒީރު މިހެން ވިދާޅުވެފައިވަނީ، މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ނުރުހުންފާޅުކުރުމުގެ ގޮތުން އިއްޔެ ރައީސް އޮފީސް ދޮށުގައި ކުރި އިހުތިޖާޖުގައި ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމާ ގުޅިގެން ދާހިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ނޫސްވެރިްނ އިއްޔެ ރައީސް އޮފީސް ދޮށުގައި އިހްތިޖާޖުކުރިއިރު އެތަނަކީ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަރަހައްދެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގްރީން ޒޯން ސަރަހައްދުތަކަކީ އެއްވެ އުޅުމާއި މުޒާހަރާތައް ބޭއްވުން މަނާކޮށްފައިވާ ސަރަހައްދުތަކެއްކަމަށާއި، ނޫސްވެރިްނ އެ ސަރަހައްދުން ދުރަށް ޖައްސައި ހިނގިކަމެއް ހިނގާފައިވަނީ އެ ސަރަހައްދު ދޫކޮށްދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
Excellency President @MohamedNasheed, with due respect, I can confirm that NO journalist was arrested during or regarding yesterday’s protest. While the Journalists were protesting at a security / green zone (in front of the President’s Office and the Official Residence of the… https://t.co/vHhdMnXuMg
— Minister of Homeland Security & Technology (@min_mohst) August 28, 2025
އިއްޔެ ރައީސް އޮފީސް ސަރަހައްދުގައި ކުރި އިހުތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް 4 ނޫސްވެރިއަކު ވަނީ ގެންގޮސްފައެވެ. ނަމަވެސް މާގިނައިރެއްނުވެ ފުލުހުން ވަނީ ނޫސްވެރިން ދޫކޮށްލާފައެވެ. ނޫސްވެރިން އިއްޔެ ރައީސް އޮފީސް ދޮށުގައި އިހުތިޖާޖުކުރީ ރައްޔިތުންގެ މަޖިލީހަށް މިހާރު ލާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން އެކަމުގެ ކަންބޮޑުވުން އޮތްކަން ހާމަކޮށް ސަރުކާރުގެ ސަމާލުަކަމަށް އެކަން ގެނައުމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
