
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ދައުވާކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، އަމިއްލަ ފަރުދެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކައިޒާން އިންވެސްޓްމަންޓަށް 30 ދުވަހުގެ ތެރޭގައި 7.2 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. މި މައްސަލަ ގުޅިފައިވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ހަދާފައި ހުރި އައިސްޕްލާންޓެއް ފެނަކައިން ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއެވެ. މި މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ.
ކައިޒާން އިންވެސްޓްމަންޓުން ދައުވާކޮށްފައިވަނީ، އައިސްޕްލާންޓް ގަތުމަށް ހެދި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ 7.2 މިލިއަން ރުފިޔާ އާއި، ގެއްލުމުގެ ގޮތުގައި 580،155ރ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 100،000ރ. ހޯދުމަށެވެ. ފެނަކައިން އެއްބަސްވެފައިވަނީ 7.2 މިލިއަން ރުފިޔާ ނުދައްކާކަމަށެވެ. ކޯޓުން ހުކުމްކުރީ ފެނަކައިން އިއުތިރާފުވެފައިވާ 7.2 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެދިފައިވާ ފައިސާ ނަގައިދެވޭނެ ގޮތެއް ނެތް ކަމަށް ކަނޑައެޅިއެވެ.
ޖިނާއީ ދައުވާގައިވާ ގޮތުން، ފެނަކައިން މާމެންދޫގައި އައިސްޕްލާންޓެއް ހަދަން ނިންމާފައި އޮއްވައި، ޓެންޑާ ކޮމިޓީގެ ބަހެއް ނެތި އަދި ފައިސާގެ ގޮތުން ފައިދާހުރި މަޝްރޫއެއް ނޫން ކަމަށް ބިޒްނަސް ޕްލޭނުގައި އޮއްވައި، ކައިޒާން އިންވެސްޓްމަންޓުން 11.3 މިލިއަން ރުފިޔާއަށް އައިސްޕްލާންޓް ގަތީއެވެ. ސައީދު ވަނީ ބޯޑު ބައްދަލުވުމެއްގައި ބައިވެރިވެ، ފެނަކައިގެ އަމިއްލަ މަސައްކަތުގެ މައުލޫމާތު ހާމަނުކޮށް، މި ގަނެވުނު އައިސްޕްލާންޓްގެ އެއްބަސްވުމުގައި ސޮއިކޮށް، 11.3 މިލިއަން ރުފިޔާ ދެއްކުމަށް މަގުފަހިކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
