
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ނެޓްފްލިކްސްގެ މަޝްހޫރު “ވަން ޕީސް” ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ ޓެޒް ސްކައިލަރ، ރާއްޖެ އައިސްފިއެވެ. އޭނާގެ މިދަތުރުގައި ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތް ކުރާނެއެވެ. ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއް ކަމަށްވާ، ސްކައިލަރގެ ރާއްޖެ އައިސްފައިވަނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމެބެސެޑަރޝިޕް ޕްރޮގްރާމު ދަށުންނެވެ. ވަން ޕީސް ސިލްސިލާގެ ސްޓްރޯ ހެޓް ޕައިރޭޓްސްގެ ހުނަރުވެރި ކައްކާ ސަންޖީގެ ރޯލު ކުޅޭ ސްކައިލަރ، އޭނާގެ އެމްބެސެޑަރޝިޕްގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާރު ކުރަން ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރާނެއެވެ. މިގޮތުން ރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި މިމަހުގެ 27 ސެޕްޓެމްބަރު 14ށް ހަރަކާތްތެރިވާނެއެވެ.
ސްކައިލަރގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެއެވެ. ހަމަ އެއާއެކު، ދިވެހި ޘަޤާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރާނެއެވެ. އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.
ސްކައިލަރ ރާއްޖެ އައުމާއި ގުޅިގެން ވީއެމްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. ޝިއުރީ ވިދާޅުވީ ސްކައިލަރގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އިޝްތިހާރުކޮށް ދިވެހިރާއްޖެއަކީ ފައިހަމަ ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ސްކައިލަރގެ ޒިޔާރަތް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދަނީ މުހިންމު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. މިގޮތުން އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗަރ ފަތުރުވެރިން ފަދަ ސެގްމަންޓްތަކަށް ވާޞިލްވުމާއެކު، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
