
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. މިއީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެށުނު 9 ވަނަ އަތޮޅެވެ. މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް މިހާތަނަށް ވަނީ ޤާއިމްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި އޭޓީއެމް ޚިދުމަތް މިހާތަނަށް ފެށިފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް ވަނީ ފަށްޓަވައިދެއްވާފައެވެ.
އެގޮތުން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން މި ޚިދުމަތް ފެށިފައި ނުވާ ނުވަތަ ޒަމާނީ އޭޓީއެމް ޚިދުމަތެއް ފޯރުކޮށްދޭން ފެށިފައި ނުވާ 10 ރަށުގައި މި ޚިދުމަތް އެ މަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. މިރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު ހދ. އަތޮޅު ހިމެނޭހެން ބޮޑު ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް މިވަނީ ފެށިފައެވެ. މީގެއިތުރުން ނޮޅިވަރަންފަރުގައި ބީއެމްއެލް ބްރާންޗެއް ޤާއިމްކޮށް ޚިދުމަތް ދޭންވަނީ ފަށާފައެވެ.
ހދ. އަތޮޅުގައި ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ދޭން ފެށި ރަށްތައް
* ހދ. ފިނޭ
* ހދ. ހަނިމާދޫ
* ހދ. ނައިވާދޫ
* ހދ. ނެއްލައިދޫ
* ހދ. ނޮޅިވަރަމް
* ހދ. ނޮޅިވަރަންފަރު
* ހދ. ވައިކަރަދޫ
* ހދ. ނޭކުރެންދޫ
* ހދ. ކުރިނބީ
* ހދ. ކުމުންދޫ
މިހާރު ކުރިއަށްދާ މަޝްރޫޢުދަށުން، ހދ. އަތޮޅު ހިމެނޭހެން މިހާތަނަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅު، ދ. އަތޮޅު، ނ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު އިތުރުން މ. އަތޮޅެވެ. މިމަޝްރޫޢުގެ ދަށުން ބަހައްޓަމުންދަނީ 24 ގަޑިއިރު ފައިސާ ނެގޭ އަދި ފައިސާ ޖަމާކުރެވޭ ސެލްފް ސަރވިސް އޭޓީއެމްތަކެވެ. މިއޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިން އެހެނިހެން ބައެއް ޚިދުމަތްތައް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 215 އޭޓީއެމް، އޭޖެންޓު ބޭންކިންގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.
2000 ވަނަ އަހަރު ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށިއިރު މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
