
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ ބާރުތަކުން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަލުން ނިންމައިފި ނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައި ބުނެ، އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ) މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވިލާތުގެ މައި ތިންބާރުގެ ގޮތުގައި ބެލެވޭ ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ގޮތަށް އަމަލު ކޮށްފި ނަމަ، އެ ކަމުގެ ނަތީޖާ ހިތިވާނެ ކަމުގައި ބުނެ އީރާނުން އިންޒާރު ދީފައިވާނެ ކަމުގައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމުން މިހާރު ވެސް ދަނީ ވިލާތުގެ ތިން ބާރުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތާ އެކު މަޝްވަރާތައް ބާއްވަމުންނެވެ. ‘އީ3’ގެ ނަމުން މުޚާޠަބު ކުރެވޭ އެ ތިން ޤައުމުގެ އިސް އޮފިޝަލުންނާ އެކު އީރާންގެ އޮފިޝަލުން ދާދި ފަހުން ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މުހިންމު ބައްދަލުވުންތަކެއް ބާއްވާފައެވެ. އީ3ގެ ޤައުމުތަކުން މަސައްކަތް ކުރަމުން ދަނީ އީރާނާ ދެކޮޅަށް އދ މެދުވެރިކޮށް އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. ނަމަވެސް، ބަޣާއީ ވިދާޅުވީ އެ ކަން ކުރުމުގެ ޙައްޤު އެ ޤައުމުތަކަށް ލިބިގެން ނުވާ ކަމަށާއި، އެ ކަން އެ ޤައުމުތަކަށް އަންގާފައިވާނެ ކަމުގައެވެ. އަދި، އިތުރު މަޝްވަރާތަކާ އެކު ކުރިއަށް ދިޔުމަށް ހަތަރު ޤައުމުން ނިންމާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އީރާނާއި ހުޅަނގާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުންނެވެ. އީރާނުން ބޭނުން ވަނީ ސުލްޙަވެރި ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގުމަށެވެ. ނަމަވެސް، އެއީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ހިންގާ ޕުރޮގުރާމެއް ކަމުގައި އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޔަހޫދީން ދަނީ ތުހުމަތު ކުރަމުންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ޒަޔަނިސްޓު ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ކުރިމަގާއި ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީން ސިފަ ކުރެއެވެ. އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ނުސިހޭނެ ކަމަށާއި، އެމެރިކާގެ އަމުރުތަކަށް ބޯނުލަނބާނެ ކަމުގައި ވިދާޅުވެ، އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާއީ ވެސް ދާދިފަހުން ވަނީ ރައީސް ޓްރަމްޕަށް އިންޒާރު ދެއްވާފައިވެއެވެ. ޚާމަނާއީ ވިދާޅުވެފައި ވަނީ، ތަހްރާނާއި ވޮޝިންގްޓަނާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތަކަކީ ޙައްލު ކުރެވޭނެ ފަދަ މައްސަލައެއް ނޫން ކަމުގައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް ޓްރަމްޕް އިސްނަންގަވައިގެން ދާދި ފަހުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ފެށިއެވެ. ނަމަވެސް، އެ ކަން ބަލައިނުގަނެވިގެން ޔަހޫދީން ވަނީ އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. 12 ދުވަހަށް އެ ޙަމަލާތައް ދެމިގެން ދިޔައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. އަދި، ޖޫން 22ވަނަ ދުވަހު، އެމެރިކާއިން ވެސް ވަނީ ޔަހޫދީންނާ ބައިވެރިވެފައެވެ. އަދި، އީރާންގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް ނުރައްކާތެރި ހަތިޔާރުތަކެއް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ޔަހޫދީންނާއި ޓްރަމްޕް ގުޅިގެން އީރާނަށް ދީފައިވާ ޙަމަލާތަކާ އެކު އީރާނުން ވަނީ އެމެރިކާއާ އެކު ކުރަމުން ދިޔަ މަޝްވަރާތައް މެދުކަނޑައިލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
