
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅައި، ސޫރިޔާ ސިފައިންގެ ހަ މީހުން މަރައިލައިފިއެވެ. ޔަހޫދީ ފައުޖުން ދިމިޝްޤަށް ޙަމަލާ ދީފައި ވަނީ އަސްކަރީ ޑްރޯން ބޭނުން ކޮށްގެންނެވެ. ސޫރިޔާގެ އަސްކަރިއްޔާގެ ބާރު މި ވަގުތު އޮތީ އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ދަށުގައެވެ. ޔަހޫދީ ސިފައިން ދިމިޝްޤަށް ޙަމަލާ ދީފައި މި ވަނީ، އެޗްޓީއެސްގެ ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތައް ވިލަރެސް ކުރަނީ އެމެރިކާއިންނެވެ. މަޝްވަރާތަކުގެ ބޭނުމަކީ އެޗްޓީއެސް ސަރުކާރާއި ޔަހޫދީންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން ޙައްލުކޮށް، ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަގުކޮށައިދިނުމެވެ. އަދި، ސޫރިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ބޭލުމެވެ.
އޮގަސްޓު 25ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ 60 ވަރަކަށް ސިފައިން ސޫރިޔާގެ ޙަރްމޫން ފަރުބަދަ އޮންނަ ސަރަޙައްދަށް ފޮނުވައި، އެ ސަރަޙައްދު ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި ފަދަ ޖަރީމާތަކާ ގުޅިގެން ސަރަޙައްދީ ސުލްޙައާއި ސަލާމަތަށް ނުރައްކާވާ ކަމުގައި ބުނެފައެވެ. ޙަރްމޫން ފަރުދަބައާއި ލުބްނާންގެ ސަރަޙައްދީ ރޮނގު ގުޅޭ ސަރަޙައްދަށް ޔަހޫދީ ސިފައިންގެ ބައިގަނޑެއް ފޮނުވާފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެޗްޓީއެސްގެ ސަރުކާރުން އެ ކަން ކުށްވެރި ކޮށްފައިވާއިރު، ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ޙަރްމޫން ފަރުބަދަ ކައިރީގައި ޔަހޫދީ ސިފައިން ދާއިމަށް ދެމިތިބޭނެ ކަމުގައެވެ.
އެޗްޓީއެސުން އަސްކަރީ ބަޣާވާތެއް ކޮށް، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެ ހާދިސާއާ އެކު ޒަޔަނިސްޓު ދައުލަތުން ވަނީ ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ފޮނުވައި، އެ ސަރަޙައްދުތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިއީ، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާ އިސްތިޤުލާލަށް އަރައިގަތުމުގެ ޖަރީމާއެއްގެ ގޮތުގައި އެޗްޓީއެސްގެ ސަރުކާރުން ސިފަ ކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
