
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި ވިލާތުގެ ޤައުމުތަކާ ޖަރުމަނުވިލާތުން ބައިވެރިނުވާނެ ކަމަށް އެ ޤައުމުގެ ޗާންސެލަރު، ފްރީޑްރިޗް މަރޒް ވިދާޅުވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ އދގެ އާއްމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަންނާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެއާއެކު އެ ޤައުމު ވެގެންދާނީ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ. އިނގިރޭސިވިލާތާއި ކެނެޑާއިން ވެސް މިހާރު ވަނީ ފަަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެފައެވެ.
ނަމަވެސް ކެނެޑާގެ ބޮޑުވަޒީރު މަރކް ކާނީއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރޒް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ޖަރުމަނުވިލާތުގެ މައި ސަރުކާރުގެ މަޤާމު ވަރަށް ސާފު ކަމަށެވެ. އެ މައްސަލައާ ގުޅޭގޮތުން ޖަރުމަނުވިލާތުން ދެކޭ ގޮތް ކެނެޑާއަށް ވެސް އެނގޭނެ ކަމަށާއި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނިންމުމަަށް ހަމަވާންޖެހޭ ޝަރުތުތައް ހަމަވާ ކަމަށް އެ ޤައުމުން ޤަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަރުމަނުވިލާތަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ޔަހޫދީންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ޤައުމެެވެ. އެ ޤައުމަކީ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމު ވެސް މެއެެވެ. ނަމަވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ޔަހޫދީންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ބަސް ބުނުމަށް ޖަރުމަނުވިލާތަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން ފުޅާކޮށް، އެ ސަހަރު ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރުމަށް ނިންމާ ޔަހޫދީން އެ ކަން އިޢުލާނުކުރުމާ ގުޅިގެން ޖަރުމަނުވިލާތުން މި މަހުގެ ކުރީކޮޅު ވަނީ އެ މަސައްކަތުގައި ޔަހޫދީން ބޭނުންކޮށްފާނެ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމައިފައެވެ. އެ ނިންމުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ސަހަރަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ބަސް ބުނުމަށް ޖަރުމަނުވިލާތުގެ ރައްޔިތުންގެ އިތުރުން އިއްތިޙާދީ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.
އޭރު ޗާންސެލަރު މަރޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ގެންދިޔުމަށް ޔަހޫދީން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޣައްޒާގައި ޢުދުވާން ހިންގަމުންދާ މަޤްސަދު ކަމަށް އެ ބައި މީހުން ބުނަމުންދާ ކަންކަން ޙާޞިލް ކުރަން އުނދަގޫވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
