
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް)
ކުޅިވަރުގެ ވަސީލަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް ރާވާފައިވާއިރު، ހދ. ކުމުންދޫގައިވެސް ހޭންޑްބޯޅަ ކުޅުމަށް ޚާއްސަ ކޯޓެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުމުންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކުމުންދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް ރާވާފައިވާކަމަށާ، އެމަޝްރޫޢުގެ ދަށުން ކުމުންދޫގައިވެސް ހޭންޑްބޯޅަ ކުޅުމަށް ޚާއްސަ ކޯޓެއް އެޅިގެންދާނެކަމަށެވެ.
“ހޭންޑްބޯލް ކޯޓު އެޅުމަކީ މިއަންނަ އަހަރަށް ވަރަށް ބޮޑު މަޝްރޫޢެއްގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގަން ނިންމާފަ އޮތް މަޝްރޫޢެއް. މިރަށުގައިވެސް އޭގެ ތެރެއިން ހޭންޑްބޯލް ކޯޓެއް އެޅުން ހިމެނޭނެ. އަދި ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރަށް ބަހާލައިގެން ހޭންޑްބޯލް ކޯޓު އެޅުމުގެ ބިޔަ ބޮޑު ޕްރޮގްރާމެއް ފަށަން ނިންމާފަ މިއޮތީ” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުމުންދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ ބިންގާވެސް އެރަށުގައި އަޅުއްވައިދެއްވާފައެވެ. އެމަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ އެމަރުކަޒުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކަސްރަތުގެ ހަރަކާތްތަކާއި އިންޑޯ ކުޅިވަރުތައް ކުޅުމުގެ މަގު ތަނަވަސްވެގެންދާނެކަމަށެވެ. ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސްވަނީ ކުޅިވަރުގެ އިތުރު މަޝްރޫޢުތައްވެސް އެރަށުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ވޮލީކޯޓެއްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ކުރީ ސަރުކާރުން އެރަށުގައި ހަދަން ފަށާފައިވާ ފުޓުބޯޅަ ދަނޑު އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްދެއްވާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
“ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް އެބަ ހިނގާ. އެދަނޑު އެއީ ކުރީގައި ހަވާލުކުރެވިފަ ނުވަތަ ކުރީގައި ފެށިފަ އޮތް މަޝްރޫއެއްވީމާ އެދަނޑު މިހާރު އެހެދެނީ ފުލް ސްކޯޕަކު ނޫން އަދި. މާނައަކީ ފެންސާއި ލައިޓާއި ހިމެނިފައެއް ނެތް. މިސަރުކާރުން މިހާރު ފަށާ ހުރިހާ ދަނޑުތަކެއް ހަދަނީ ފެންސުވެސް ޖެހި، ވަށައިގެން ރައްކާތެރިކުރެވި، ލައިޓުވެސް ޖެހި ރޭގަނޑު ކުޅެވޭ ގޮތަށް” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުމުންދޫގައި ކުރިއަށްދާ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތުގެ ތެރެއަށް ކަންކަން އިތުރުކޮށްދެއްވާ އެދަނޑު ތަރައްގީކޮށްދެއްވާނެކަމަށެވެ. އެމަސައްކަތް ސަރުކާރުގެ ފަރާތުން ކުންފުންޏަކާ ހަވާލުކުރައްވާނެކަމަށާ މިހާރު ދަނޑުގައި ކުރަމުންދާ މަސައްކަތް ނިމުނުހާ އަވަހަކަށް އެމަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
“އެހެންވީމަ މިހާރު މިހިނގާ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އަޅުގަނޑުމެން މިދެންނެވި އިތުރަށް ހުރި މަސައްކަތްތައް އެހެން ފަރާތަކަށް ހަވާލުކޮށްގެން މިރަށުގައި މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދަނޑުގައި މިހާރު އެހިންގާ މަސައްކަތްތަކެއް ނިމެންވާއިރަށް ދެން ހުރި މަސައްކަތްތައް ފެށޭވަރަށް ތަރުތީބުކޮށްދީގެން އިރާދަކުރެއްވިއްޔާ ދަނޑު ފުރިހަމަކޮށްދޭނެކަމުގެ ޔަގީންކަން ދެން” ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
