
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ގާއިމުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި އަންނަ މަހުގެ 18 ވަނަ ދުވަހު ފެށޭ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރަަތަކީ ރާއްޖޭގެ ރަަށެއްގައި މި ގޮތަށް ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށާއި، މިއީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ފަޚުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ކިރިޔަށް ގެންދަަ މުބާރާތެއް ކަމަށާއި ކައުންސިލުން ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކުޅުދުއްފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
ކުޅުދުއްފުށީ ހޭންޑްބޯޅަ ކޯޓުގައި ގާތްގަނޑަކަށް 500 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭނެ ގޮތަށް ހިޔާކޮށްގެން ސިޑިބަރިއެއް ދާއިމަށް ދެމިގެންދާ ގޮތަށް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ބީޗް ހޭންޑްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ހޭންޑްބޯޅައާއި ފުޓްސަލް ކުޅެވޭ ވަރުގެ ބޮޑު ދަނޑެއް އަޅައިދެއްވާނެ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ފުޓްބޯޅަ ދަނޑުގައިވެސް ނިންމަން ހުރި ހުރިހާ ކަމެއްވެސް މި އަހަރުތެރޭގައި ނިންމައިދެއްވާނެ ކަމަށާއި ކުޅިވަރުގެ ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިކަންކަން ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
