
އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ދެވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުން ޕެނަލްޓީ ޖަހައިގެން 12-11 ގެ ނަތީޖާއަކުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ. ގްރިމްސްބީގެ ދަނޑުގައި ކުޅުނު މި މެޗަށް ނިކުތް މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ޓީމަށް ރުބެން އަމޮރިމް ބަދަލުތަކެއް ގެނެސްފައިވާއިރު އޭނާ ވަނީ ކީޕަރަކަށް އެންޑްރޭ އޮނާނާ ހިމަނާފަ އެވެ. އަދި ފޯވަޑް އެމްބުއެމޯ އާއި މޭސަން މައުންޓް އާއި ބްރޫނޯ ފެނާންޑޭޒްގެ އިތުރުން ކަސެމީރޯ ފަދަ ކުޅުންތެރިން ތިބީ ބެންޗުގަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 22 ވަނަ މިނިޓުގައި ގްރިމްސްބީގެ ޗާލްސް ވާރނަމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ޔުނައިޓެޑްގެ ކީޕަރު އެންޑްރޭ އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޓައިރެން ވޮރެލް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި އަމޮރިމް ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި މެޗުގެ 75 ވަނަ މިނިޓުގައި ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފަ އެވެ. މި މެޗުގެ ނަތީޖާ ޔުނައިޓެޑަށް އެއްވަރުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. އަދި މެޗުގެ ފުރަތަމަ ފަސް ޕެނަލްޓީ ޖެހިއިރުވެސް ދެ ޓީމު އެއްވަރުވެފައިވާތީ ކޮންމެ ޓީމެއް އިތުރު ޕެނަލްޓީ އެއް ޖަހަމުންގޮސް މެޗުގެ ނަތީޖާ ނެރެވިފައިވަނީ 12-11 އިންނެވެ. މި މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ އެމްބުއޭމޯ ޖެހި ދެވަނަ ޕެނަލްޓީ ނާކާމިޔާބުވުމާއި ގުޅިގެންނެވެ.
މެންޗެސްޓަރ ޔުނައިޓެޑް މި މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު މީގެ ކުރިން އެ ކްލަބު އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ކްލަބެއްގެ އަތުން ބަލިވެފައެއް ނުވެއެވެ. 1948 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މި ދެ ޓީމު ބައްދަލުކުރިއިރު, މި މެޗުން ގްރިމްސްބީ މޮޅުވުމާއިއެކު މިއީ އެ ކްލަބުގެ ތާރީޚުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އެ ކްލަބުންވަނީ ފާހަގަކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
