
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ބަނދަރުގައި ޤާއިމްކުރެވުނު ފްރީ ޒޯނާއެކު ރީއެކްސްޕޯޓް ވިޔަފާރިއަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ޚިދުމަތްތައް ފުޅާކުރުމަށް ބޭއްވި ރަސްމީއްޔަތަށް ފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުންނެވެ. ކުޅުދުއްފުށީގައި މީގެ 20 ވަރަކަށް އަހަރު ކުރިން ތަރައްޤީކޮށްފައިވާ ސަރަހައްދީ ބަނދަރަކީ ބޭރުން ގެންނަ މުދާ އެތެރެކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރެ ބަނދަރު އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރެވޭގޮތް ވެފައި ނުވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ހިންގާ މި ބަނދަރުން އިތުރު ހަތަރު ޚިދުމަތެއް ދިނުމަށް ނިންމާ ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ތާޢަރަފް ކުރެވުނު ޚިދުމަތްތައް:
• ޑިއުޓީ ނުނަގާ މުދާ ބެހެއްޓުމުގެ ޚިދުމަތް ނުވަތަ ބޮންޑެޑް ޒޯނުގެ ޚިދުމަތް
• ރިސޯޓުތަކަށް ޙާއްސަކޮށްގެން ބޮންޑެޑް ވެއަރ ހައުސް ޚިދުމަތް
• އަތޮޅުތެރޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މުދާ ބާލަން ޑޮމެސްޓިކް ބަނދަރުގެ ޚިދުމަތް
• އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ބަލްކް ކާގޯ ބެހެއްޓުމުގެ ޚިދުމަތް
މި ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ބޭއްވި ރަސްމީއްޔާތަށް ފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ކުޅުދުއްފުށީގައި ފެށިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް ކަނޑައެޅުނު ރާއްޖޭގެ ފުރަތަމަ ފްރީޒޯން ކަމަށެވެ. މި ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން ކުޅުދުއްފުށީ ބަނދަރަށް އެތެރޭ ކުރާ މުދަލުގެ ތެރެއިން އެ ސަރަހައްދުގައި ޑިއުޓީ ދެއްކުމަކާއި ނުލާ މުދާ ބެހެއްޓޭނެއެވެ. ޑިއުޓީ ނަގާނީ ކަސްޓަމްސް ޤަވާއިދުތަކާއި އެއްގޮތަށް މުދާ ކްލިއަރ ކުރާ ހިސާބުންނެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މި ސަރަހައްދުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި، ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ސަބަބުން ބަނދަރަށް ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ފްރީޒޯން ތަރައްޤީވުމުން ރީ އެކްސްޕޯޓް ކުރުމަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “މިސާލަކަށް މިތަނަށް ވަކި ކަހަލަ މުދަލެއް ގެންނަނީ. ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ އަގުއެއްކޮށްފައި ރީ އެސްޕޯޓް ކުރަން. އެހެންވީމަ ރީއެކްސްޕޯޓް ކުރެވޭނެ އިންތިޒާމު މިދިޔައީ ފަހިވެގެން. އެގޮތަށް ވިޔަފާރީގެ ކަންކަން މިދިޔައީ ފަހިވެގެން ބޯޑަރ ލެވެލްގައި.” ވަޒީރު ސަޢީދު ވިދާޅުވިއެވެ. އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުން ފުޅަކީ ރީއެކްސްޕޯޓް ވިޔަފާރި ފުޅާކުރުން ކަމަށާއި، ފުރަތަމަ ޒޯން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ކަނޑައެޅިގެން ދިޔަނަމަވެސް، ދެކުނާއި މެދުރާއްޖެ ތެރޭގައި މި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވިސްނުން ފުޅެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރީ އެކްސްޕޯޓް ވިޔަފާރިއަށް މަގުފަހިކުރުމަށްޓަކައި، މުދާ ބެހެއްޓުމުގެ އިތުރަށް މިސަރަހައްދުގައި އަގު އެއްކުރެވޭނެ ވަސީލަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޤާއިމްކުރާނެ ކަމަށެވެ. މިއާއެކު ރާއްޖެއަށް މުދާ އެތެރެކޮށް ޑިއުޓީ ދެއްކުމަކާއި ނުލައި އެ ސަރަހައްދުގައި އަގު އެއްކުރުމަށް ފަހު އެހެން ޤައުމުތަކަށް މުދާ ބޭރުކުރުމުގެ މަގުފަހިވެގެންދާނެއެވެ. ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަޙައްދު ފުޅާކޮށް އިތުރަށް ތަރައްޤީކުރުމެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
