
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ކުރިނބީގެ ތަރައްޤީގެ މަސައްކަތްތައް ފެށި ހުރިހާ މަޝްރޫޢެއް ކުރިއަށްދާނެ ބަޖެޓު ހަމަޖައްސައި ކުރިއަށްދާނެ ގޮތް ހަމަޖައްސާފައިވާކަމަށާއި، އެހެންކަމުން ގިނަ މަޝްރޫޢުތައް އަންނަ އަހަރު ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރިނބީއަށް ވަޢުދުތަކެއް ވެފައިވާކަމަށާއި، އެއީ އެކަންކަން ފުރިހަމަކުރުމުގެ ޔަޤީންކަމާއެކު އެ އަޒުމުގައި ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަމަށެވެ. އެހެންކަމުން އެ ހުރިހާކަމަކަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ ކުރިނބީ ބަނދަރު މަޝްރޫޢޫއަށް އަލިއަލުއްވާލައްވާ ވިދާޅުވީ، އެ މަޝްރޫޢު ކުރިއަށްދަނީ ވަޢުދުވެވަޑައިގެންނެވިގޮތަށް ބަނދަރު ބޮޑުކޮށް، ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތުގައި އިތުރަށް ބޭނުންވާ ބައެއް މުހިންމު ބަދަލު އެބަހުރިކަމަށާއި، އެގޮތުން ބޭރު ތޮށީގެ ބޭނުން ކުރެވޭގޮތަށް ތަރައްޤީކުރުމަކީ ރައްޔިތުން އެދޭގޮތްކަމަށެވެ. އެކަން ފުރިހަމަކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރު މަޝްރޫޢާއެކު ރަށްގިރުމުގެ މައްސަލަވެސް ހައްލުކުރެވޭނެކަމަށް ޤަބޫލުކުރާތީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބަނދަރުގެ މަޝްރޫޢު އެއްކޮށް ނިމޭއިރު މޫދަށް އެރޭނެ ބީޗަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި އޮޑިއެހެލާނެ ތަނެއްވެސް ތަރައްޤީކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. “އެންމެ ފީޒިބަލް އަދި ދުރު ރާސްތާއަށް ބާލައިރުވެސް އެއީ ރަނގަޅުގޮތް. ބަނދަރު ނިންމާއިރު ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށްގެންދާނަން. މިކަން އެހެން ބައެއް ކަންކަމާއެކު ކުރިއަށްދާނީ. މިކަމާއެކު އެހެން ބައެއް ކަންކަން ރާވާލެވިއްޖެނަމަ ޚަރަދު ކުޑަކުރެވި އަދި ވަގުތުވެސް އަވަސްވާނެ. އޭގެތެރޭ ރައްޔިތުން ވަރަށް ބެނުންވާކަމެއް މޫދަށް އެރޭނެތަނެއް ހެދުން. އެއީ މިކަހަލަ ކަމެއް ހިނގާއިރު ކުރެވޭނެކަމެއް. ވަކިން އެ މަޝްރޫއު ހިންގާނަމަ އިތުރު ޚަރަދުތަކެއް އަދި ވަގުތު ހިނގާނެކަމެއް. އަދި އޮޑިއެހެލާ ތަނެއް ހެދުމަކީވެސް މިކަހަލަ ކަމެއް ކުރިއަށްދާއިރު ކުރެވޭނެކަމެއް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ ކުރިނބީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ތަރައްްޤީކުރުމާއި ވަސީލަތް އިތުރުކުރުމުގެ އިތުރުން ސިއްޙީ މަރުކަޒުގެ އައު އިމާރަތުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް ޚިދުމަތް ރަނގަޅުކުރުމަކީ ވަޢުދެއްކަމަށާއި، އައު ޢިމާރާތާއެކު ލެބޯޓްރިއާއި ވޯޑާއި، ޕަބްލިކް ހެލްތާއި އެނޫންވެސް ވަސީލަތްތައް ހިމެނޭނެކަމަށެވެ. އެ މަޝްރޫޢު ނިމޭނީ ފުރިހަމަ ސިއްޙީ މަރުކަޒަކާއެކުކަމަށްވެސް ރައީސް ވިދާލުވިއެވެ. އޭގެ ކުރިންވެސް މިހާރުގެ ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށް، 8 ގަޑިއިރުގެ ސިއްޙީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަން އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފުރިހަމަކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ހަމަޔަޤީނުންވެސް މަރުކަޒުގެ މަސައްކަތް ނިމޭއިރު 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރެވޭނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުމާއި ސިއްޙީ މަރުކަޒުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށާއި، މަޝްރޫޢުތައް ހިންގަނީ ބަޖެޓުގައި ފައިސާ ހިމަނައިގެންކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު މަޑުނުޖެހި މަޝްރޫޢޫތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ މަލްޓިޕާޕަސްހޯލުގެ މަސައްކަތް ކުރިއަށްގެންދާނީ ސްކޫލަށް އިތުރު 4 ކްލާސްރޫމްވެސް އިތުރުކުރުން ހިމެނޭނެގޮތަށްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފުރިހަމަ ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމަށެވެ. ފުޓްބޯޅަ ދަނޑެއްގައި ހިމެނޭނެ ހުރިހާ ވަސީލަތް ހުންނާނެކަމަށާއި، ފުޓްސަލް ދަނޑު ތަރައްޤީކުރުން މިއަހަރު ކުރިއަށް ގެންގޮސް، އަދި އަންނަ އަހަރު ކުރީކޮޅު ހޭންޑު ބޯލް ކޯޓެއް ތަރައްޤީކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހުރިހާ މަސައްކަތެއް ރޭވިފައިވާގޮތަށް ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަރުކަޒުވެސް ޤާއިމްކުރުންވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިނބީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒާއި އަދި އިތުރު ބައެއް ރަށްރަށުގައި އެ މަޝްރޫޢޫ ކުރިއަށްގެންދަނީ ބޭރުގެ ފަންޑެއްގައިކަމަށާއި، ނަމަވެސް އެ މަޝްރޫޢު އެކުންފުނިން ކުރިއަށް ނުގެންދާތީ މިހާރު ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ މަސައކަތް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަށްސަތޭކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ކުރިނބީގެ ތަރައްޤީއަށް ވަރަށް އިސްކަންދެއްވާކަން ހާމަކުރައްވައި، އެކަން ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
