
(ފޮޓޯ ކްރެޑިޓްސް: އެމްޓީޑީ)
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީ އުވާލަން ނިންމައި، ފަހުގެ މަރުހަލާ އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެމްޓީޑީ އުވާލަން ނިންމަވާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެންބަރުން ހަމަނުވާތީ ކަމަށެވެ. އެ ޤާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި 3000 މެންބަރުން ހަމަވާންޖެހެއެވެ. އަދި އެ އަދަދު ހަމަނުވާނަމަ އެކަން ޕާޓީއަށް އަންގައި މެންބަރުން ހަމަކުރުމުގެ ފުރުސަތު ދޭނެއެވެ.
ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާނީ އެ ކޮމިޝަނުން ދޭ މުއްދަތުގެ ތެރޭގައިވެސް ޕާޓީއަށް 3000 މެންބަރުން ހަމަނުކުރެވޭނަމައެވެ. އެމްޓީޑީ އުވާލުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އެކަން އާންމުކޮށް އިއުލާންކޮށްފައެވެ. އެގޮތުން، އެ ޕާޓީން އަދާކުރަންޖެހޭ އެއްވެސް ދަރަންޏެއްވާނަމަ އެކަން މި މަހުގެ ނިޔަލަށް ހުށަހަޅައި، ނިންމުމަށް ވަނީ އަންގާފައެވެ. މިއީ ޕާޓީ އުވާލުމުގެ އެންމެ ފަހުގެ މަރުހަލާއެވެ. ޕާޓީ އުވާލާނީ މި މުއްދަތަށް ފަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމާފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި އެމްޓީޑީގައި ތިބީ 2272 މެންބަރުންނެވެ.
ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވަނީ އެމްޓީޑީ ހިމެނޭހެން 9 ސިޔާސީ ޕާޓީއެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭ، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި އެމްޓީޑީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއެއްގައި 3000 މެންބަރުން ހަމަވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
