
ކުޅުދުއްފުށި ސިޓީގެ ކޮންމެ ރައްޔިތަކަށް ފަރުދީގޮތުން މުއްސަނދިކަން ލިބިގެންދިއުމާއި، ޖަމާއަތެއްގެ ގޮތުގައި އެ ސިޓީއަށް ކުރިއެރުން ލިބިގެންދިއުމަކީ ދެކެވަޑައިގަންނަވަން އެންމެ ބޭނުންވާ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެން އެސިޓީގެ ތަރައްޤީއަށްޓަކައި ފެށިފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ގެދޮރުގެ މައްސަލައަކީ ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ސިޓީގައި ކުރިއަށްގެންދިއުމަށް މިއަދު ހަވާލުކުރެވުނު 2400 ފްލެޓް މަޝްރޫޢުގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ކުޅުދުއްފުށި ސިޓީ އެއަރޕޯޓުގެ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން ކުޅުދުއްފުށީ އެއަރޕޯޓަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ކުޅުދުއްފުށީ އެއަރޕޯޓުގެ އިންވެފައިވާ ބިމުގައި ސިޓީ ހޮޓަލެއް ޤާއިމްކުރުމަށް އިންވެސްޓަރުންނަށްވެސް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރުގައި މިއަދު އިފްތިތާހްކުރެވިގެންދިޔަ ޚިދުމަތްތަކުގެ ސަބަބުން އެރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއްކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ވަރަށް އަވަހަށް ހަމަޖައްސަވާދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، މިދާއިރާއިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހުރިހާ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް މިއަހަރުގެ ތެރޭގައި ނިންމާލާނެކަމަށެވެ. އަދި މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު، ސިއްޙީ ދާއިރާއަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގެނޑުމެންގެ މާސްޓަރ ޕްލޭންގަ އިއުލާންކޮށްފަ އޮންނާނެ ނޮދަން އިންޓަރގްރޭޓެޑް ޑިވެލޮޕްމެންޓް ޒޯންގެ މަރުކަޒު. އެހެންމަ މިތަނުގައި އޮންނާނީ ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށް ކަނޑައެޅިން. އެއީ އަޅުގަނޑުމެން ކަނޑައަޅާނިމިފަ އޮތް ސިޔާސަތު. އެހެންވީމަ އެކަމަށް ބޭނުންވާ ކަންތައްތައް މިހާރު އެވަނީ ފެށިފަ. ދާދިފަހުން މި ހޮސްޕިޓަލުގެ އިމާރާތް ޑިޒައިންކުރުމަށް ބަޔަކާ ހަވާލުކޮށްފިން. އަދި ނިމޭތަނުން މި މަސައްކަތް ފެށިގެންދާނެ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ކުޅުދުއްފުށި ކައިރީގައި އޮތް ކޭލަކުނު، އިކޯޓުވަރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ހަވާލުކޮށްފައިވާކަމަށާއި މިކަމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. “ކޭލަކުނު އިކޯޓުވަރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަޅުގަނޑު ވަޢުދުވިން. މިހާރު އެވަނީ އެކަންކުރުމަށް އެމްޓީޑީސީއާއި ހަވާލުކޮށްފަ. އެމްޓީޑީސީގެ ފަރާތުން އެތަނަށް ބޭނުންވާ ހުރިހާ ޕޭޕަރ ވާކްއެއް ޑިޒައިނިން ހިމެނޭހެން ހުރިހާކަމެއް ނިންމައިފި. އަދި އެކުންފުނީގެ އަމިއްލަ ޚަރަދުގައި ފައިނޭންސްވެސް ހަމަޖެހިފައި އޮތްކަމެއް. އެހެންމަ އެމްޓީޑީސީއިން އެ މަސައްކަތް ކުރިއަށްގެންދާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ އުމްރާނީ ތަރައްޤީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އަދި ކުރިއަށްއޮތްތާގަ ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ބާރުދުވެއްޔެއްގައި ކުރިއަށްދާނެކަމަށެވެ. އަދި މި ސިޓީގެ ކޮންމެ ރައްޔިތަކަށް ފަރުދީގޮތުން މުއްސަނދިކަން ލިބިގެންދިއުމާއި، ޖަމާއަތެއްގެ ގޮތުގައި ކުރިއެރުން ލިބިގެންދިއުމަކީ ދެކެން އެންމެ ބޭނުންވާ ދުވަސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެގޮތަށް ކަންކަން ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ލިބިގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
