
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ޣައްޒާ ސިޓީއަށް ޔަހޫދީން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާތީ ރައްކާތެރިކަމެއް ލިބޭތޯ އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ގޮއްސިއެވެ. ޣައްޒާގައި 2 މިލިޔަން މީހުން ދިރިއުޅޭއިރު، ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތްުވުމަށް އޭގެ ތެރެއިން މިލިޔަނެއްހާ މީހުން ޖަމާވެފައި ވަނީ ޣައްޒާ ސިޓީއަށެވެ. ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އެ ސަރަޙައްދަށް އަމާޒުކުރަން ފެށުމުން އެތައް ހާސް ބަޔަކު މިހާރު ވަނީ ހުޅަނގުގެ ސަރަޙައްދުތަކަށް މިސްރާބު ޖަހައިފައެވެ. ބައެެއް މީހުން ވަނީ މެދުތެރޭ ޣައްޒާއަށް ދިޔުމަށް ދެކުނުގެ ސަރަޙައްދުތަކަށް ފެތުރިގެންފައެވެ. ޣައްޒާ ސިޓީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބުނީ ފާއިތުވި ރޭ ޔަހޫދީން މެދުކެނޑުމެއްނެތި ވައިގެ މަގުންނާއި ޓޭންކަރު ބޭނުންކޮށްގެން އެ ސަރަޙައްދަށް ވަރުގަދަ ޙަަމަލާތައް ދީފައިވާ ކަމަށެވެ. ޣަައްޒާގެ އިރުމަތީގައި އޮންނަ ޣައްޒާ ސިޓީގެ ސަބްރާއާއި ޝަޖާއިއާއާއި ތުއްފާޙްގެ އިތުރުން ޖަބާލިޔާ އަވަށަށް ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 34 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 18 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައެވެ.
ޣައްޒާ ސިޓީގެ ރައްޔިތުން ޔަހޫދީންގެ ޙަމަލާތައް ސިފަކުރަނީ ބިންެހެލުންތަކެއްގެ ގޮތުގައެވެ. އެ ޙަމަލާތަކަކީ ގޭގޭގައި ތިބި މީހުންނަށް ބިރުދައްކައި ގެދޮރުން ނެރެ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުކުރުމަށް ދޭ ޙަމަލާތަކެއް ކަމަށް އެ މީހުން ބުނެއެވެ. ޔަހޫދީން މިހާރު ދަނީ މުޅި ޣައްޒާ އިސްތިއުމާރު ކުރުމަށް އައު އަސްކަރީ ޙަރަކާތެއް ފެށުމަށް ތައްޔާރުވަމުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އަދި ޒަޔަނިސްޓު އިސްރާއީލުގައި ވެސް އެ ރޭވުންތަކާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އަސީރުންގެ ފުރާނައަށް އިތުރަށް ނުރައްކާވަމުންދާ ކަމުގައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 50އެއްހާ އަސީރުން ތިބި ކަމުގައި ބެލެވޭއިރު، އޭގެ ތެރެއިން ދިރިތިބި މީހުންގެ އަދަދު 20އަށް އަރާ ކަމުގައި ޔަހޫދީ ސަރުކާރުން ޤަބޫލު ކުރެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޙަމަލާ ދޭން ފެށިތާ ދެ އަހަރުވާން ގާތްވެފައިވާއިރު، ޔަހޫދީން ވަނީ މި މުއްދަތުގައި ޣައްޒާގެ 62،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެެއްދުމަށް ހުރަސްއަޅައި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ. ބަނޑަށް ޖެހުމުގެ ސަބަބުން ވެސް ޣައްޒާގައި މިހާތަނަށް 303 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 118 ކުޑަކުދިން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
