
(ފޮޓޯ ކްރެޑިޓްސް: ވިކިޕީޑިއާ)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމަށް އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ކެޓަރޕިލަރއިން ވާގިވެރިވާ ކަމުގައި ބުނެ، ނޯވޭގެ ‘ނޯވީޖިޔަން ފަންޑު’ން އެ ކުންފުންޏާ ފެޔަށް ޖެހިއްޖެއެވެ. 2 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ނޯވޭގެ ގަވަރމަންޓް ޕެންޝަން ފަންޑް ގްލޯބަލް (ޖީޕީއެފްޖީ) ނުވަތަ ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑަކީ ދުނިޔޭގައިވާ އެ ފަދަ އެންމެ ބޮޑު ފަންޑެވެ. އިމާރާތް ކުރުމުގެ ސިނާއަތުގައި ބޭނުން ކުރާ ބަރު އުޅަނދުފަހަރާ އެ ފަދަ ސާމާނު އުފައްދާ ކެޓަރޕިލަރ ކުންފުނީގެ އިތުރުން ޔަހޫދީންގެ ފަސް ބޭންކަކާ މުޢާމަލާތު ކުރުން ހުއްޓައިލުމަށް ވެސް ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުން ވަނީ ނިންމާފައެވެ. އަދި، ކެޓަރޕިލަރ ކުންފުންޏާއި ޔަހޫދީންގެ ފަސް ބޭންކެއްގައި ވުނަކޮށްފައިވާ ފައިސާ އަނބުރާ ނެގުމަށް އެ ފަންޑުން ވަނީ ނިންމާފައެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ ނޯވޭގެ މަރުކަޒީ ބޭންކުންނެވެ.
އެ ބޭންކުން ބުނީ، އެ ބޭންކުގެ އިތުރުން ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑާ އެކު މުޢާމަލާތު ހިންގުން ކެޓަރޕިލަރ ކުންފުންޏަށް މަނާ ކޮށްފައިވާނެ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި ނޯވޭގެ މަރުކަޒީ ބޭންކުން ހާމަކުރީ، ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެ ކުންފުނީގެ ބައިވެރިވުން އޮތުމެވެ. އަދި، އެ ޖަރީމާތަކަށް ވާގިވެރިވަމުން ދިޔުމެވެ. ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުން ކެޓަރޕިލަރ ކުންފުނީގައި އިންވެސްޓު ކުރުމާއި، އެ ކުންފުންޏާ އެކު މުޢާމަލާތު ކުރުން ހުއްޓައިލުމަށް ނިންމާފައި ވަނީ އެ ފަންޑުގެ ސުލޫކީ ކައުންސިލުންނެވެ. އެ ކައުންސިލުން ބުނީ، “ކެޓަރޕިލަރ ކުންފުނިން އުފައްދާފައިވާ ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ޔަހޫދީ އިދާރާތަކުން ފަލަސްޠީނުގެ ރައްޔިތުންގެ މުދަލަށް ގެއްލުން ދެމުންދާ” ކަމުގައެވެ. އަދި، އެއީ ޣައިރުޤާނޫނީ ޖަރީމާތަކެއްގެ ގޮތުގައި ވެސް އެ ކައުންސިލުން ސިފަ ކޮށްފައިވެއެވެ.
“ކެޓަރޕިލަރގެ އުފެއްދުންތައް ބޭނުން ކޮށްގެން އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތައް [ޔަހޫދީން] ރޭވުންތެރިކަމާ އެކު ހިންގަމުންދާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،” އެ ކައުންސިލުން ހާމަކުރިއެވެ. ކެޓަރޕިލަރ ކުންފުނީގެ އުފެއްދުންތައް ބޭނުން ކޮށްގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެ ކުންފުނިން އެެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަން ފާހަގަކޮށް، ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުގެ ސުލޫކީ ކޮމިޓީން ވަނީ އެ ކަން ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެެވެ. ކެޓަރޕިލަރ ކުންފުނިން ފެޔަށް ޖެހުމަށް ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުން ނިންމުގެ ކުރިން، އެ ފަންޑުގެ 1.17 އިންސައްތަ ހިއްސާއެއް ކެޓަރޕިލަރ ކުންފުނީގައި އޮތެވެ. އެ ހިއްސާގެ އަގު 2.1 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައި އެ ފަންޑުން ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ.
ކެޓަރޕިލަރގެ އިތުރުން ޔަހޫދީންގެ ފަސް ބޭންކަކާ ފެޔަށް ޖެހުމަށް ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުން ނިންމާފައި ވަނީ، ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް، އާބާދު ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމާ ގުޅިގެންނެވެ. އެ ފަސް ބޭންކުގައި ހުރި ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުގެ ހިއްސާގެ އަގު 661 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. “[ޔަހޫދީން އާބާދު ކުރުމަށް] ގެދޮރު ބިނާ ކުރަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް،” ނޯވީޖިޔަން ސޮވެރެން ވެލްތު ފަންޑުގެ ސުލޫކީ ކޮމިޓީން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
