
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު ކޯޗުންނާއި، ކުޅުންތެރިންގެ އިތުރުން ސްޕޮންސަރުން ތައާރަފުކޮށްފިއެވެ. އަންގާރަ ދުވަހުގެރޭ ދިމްޔާތުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި އަލީ ސުޒެއިން ތައާރަފުކޮށްފަވާއިރު، އޭނާއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަންވެސް ދާދި ފަހަކާ ޖެހެންދެން ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭގެ އިތުރުން ސުޒެއިންއަކީ ނިއު ރޭޑިއަންޓުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ލެޖެންޑެކެވެ. ސުޒެއިންގެ ދަށުން އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ނިއު ރޭޑިއަންޓުގައި މަސައްކަތްކުރާނީ އާފިއު މުޙައްމަދު ހާމިދު އަދި މުޙައްމަދު ފައިސަލްއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ކުޅުންތެރިންނަށް ބަލާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން، މާޒިޔާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު އިރުފާން (އިރޭ) ހިމެނެއެވެ. އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މީގެ ކުރިން ފާހަގަކޮށްލެވުނު މޮޅެތި ކުޅުންތެރިން ކަމަށްވާ މުޙައްމަދު ނިޒާމް (ޕީކޭ) އާއި އަހުނަފް ރަޝީދު އަދި މުޙައްމަދު ސަޚާއުވެސް ވަނީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތަޖުރިބާކާރު ކޯޗު ސުޒެއިންގެ އިރުޝާދުގެ ދަށުން ވަރުގަދަ ސްކޮޑަކާއެކު ނިއު ރޭޑިއަންޓް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު، އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެއީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަން ސަސްއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންގުމާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
