
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމާއިއެކު ކޯޓުތަކުންކުރާ ބުރަ މަސައްކަތަށް ލުޔެއް ލިބިގެންދާނެކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ކޯޓުތަކުގައި ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ޖުޑީޝަރީގެ ނިޒާމަށް އަލަށް ތަޢާރަފުކުރެވުނު އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމަށްވެސް އަލިއަޅުވާލެއްވިއެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މިނިޒާމާއިއެކު ކޯޓުތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށެވެ. އަދި މި ނިޒާމުގެ ފައިދާ ކޯޓުތަކަށް ވީއެންމެ އަވަހަކަށް ހޯދުމަށް އުއްތަމަފަނޑިޔާރު އިލްތިމާސްކުރެއްވިއެވެ.
“މައްސަލަ ހުށައެޅުމަށާއި ރަޖިސްޓްރީކުރުމާއި ޝެޑިއުލްކުރުމާއި މައްސަލަ ހިންގުމުގައި ފުރިހަމަކަން ގެނުވި މައްސަލަތައް ނިންމަން ނަގާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ. ޝަރުޢީ ކޯޓުތަކުންކުރާ ބުރަ މަސައްކަތަށް ފަސޭހަތައް ލިބޭނެ.” އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު ވިދާޅުވީ މަޤާމާއި ހަވާލުވުމަށްފަހު މާލެ ސަރަހައްދުގެ ވަރަށް ގިނަ ކޯޓުތަކަށް ޒިޔާރަތްކޮށް، ހާލަތު ބަލާފައިވާ ކަމަށެވެ. މި ޒިޔާރަތްތަކުގެ ތެރެއިން ކޯޓުތަކަށް ވަރަށް ގިނަ މައްސަލަތައް ދިމާވެފައި ހުރިކަން ޢަބްދުލް ޣަނީ ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުން ބަލައި މައްސަލަތައް އަވަހަށް ނިންމޭނީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ދައުލަތުގެ މާލިއްޔާއަށް ބަރޯސާވެގެން ހައްލުކުރެވެންހުރި މައްސަލަތަކުގެ އިތުރަށްވެސް ބައެއް މައްސަލަ ކޯޓުތަކަށް ދިމާވެފައި އެބަހުރި ކަމަށެވެ. އެ ގޮތުން މަސައްކަތް ކުރިއަށްގެންދިއުމުގައި ބައެއް ޤާނޫނީ ހުރަސްތައެއް އެބަހުރިކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. “އަޅުގަނޑުމެން ބަންޑާރަނައިބާއި ބައްދަލުކޮށްގެން ޤާނޫނީ ގޮތުން ހުރި އެކި ހުރަސްތައް ހައްލުކުރުމަށް މަސައްކަތްކުރާނަން.” އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ފަރުމާކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މި ނިޒާމު ކްރިމިނަލް ކޯޓުން ވަނީ ބޭނުންކުރަން ފަށާފައެވެ. މި ނިޒާމުގެ ތެރެއިން ކޯޓުތަކުން ކަރުދާހަށް ބަރޯއްސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވި، ދެވޭ ޚިދުމަތްތައް އަވަސްވާނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
