
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބާވެ، ވެއްޓެން ކައިރިވެފައި ހުރި އޯކިޑް ޕްލާޒާ ތަޅައިލުމަށްފަހު އެތަނުގެ ބިން ސާފުކޮށްފިއެވެ. މާލޭގައި ބާވެ ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންއެވެ. މިގޮތުން އޯކިޑް ޕްލާޒާ ތަޅައިލުމުގެ މަސައއްކަތް މިދިޔަމަހުގެ 12 ވަނަ ދުވަހު ފެށުމަށްފަހު މިހާރު އެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ކުރި މަސައްކަތެކެވެ.
އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭގައި ހުރި މި ފަދަ ޢިމާރާތްތައް ތަޅައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ ވަރަށް މުހިންމު ކަމެކެވެ. އާންމު އުނދަގުލަކަށްވާ ފަދަ ނޭދެވޭ އެތައް ޢަމަލެއް އެ ފަދަ ތަންތަނުގައި މީގެ ކުރިން ހިނގައިފައި ވެއެވެ. އޯކިޑް ޕްލާޒާއާ ލައިގެން މާލޭގައި ބޭނުން ނުކުރާ 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. މި ތިން އިމާރާތް ތަޅާލުމަށް ނިންމާފައިވަނީ، އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވުމާއެކު އެ އިމާރާތްތަކުގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ. މާފަންނުގެ 3 އިމާރާތެއް ކަމަށްވާ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވެއެވެ. މި ތިން އިމާރާތަކީ މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތަންތަނެވެ. މިހާރު މި އިމާރާތްތަކަކީ މީހުން ވަދެ ނިކުމެ އުޅެން ރައްކާތެރި ތަންތަނެއް ނޫނެވެ. އޯކިޑް ޕްލާޒާ ތަޅާލުމަށްފަހު ދެން ތަޅާލުމަށް ހަމަޖެހިފައިވަނީ ނިއު ޕްލާޒާއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިންވެސް މާލޭގެ ބޭނުން ނުކުރާ އިމާރާތްތައް ތަޅާލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
