
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. މަކުނުދޫގެ ތަރައްޤީއަށް އެންމެ އިސްކަންދެއްވަނީ އެއަރޕޯޓް ތަރައްޤީކުރުމަށްކަމަށާއި، އެމަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަކުނުދޫގެ ތަރައްޤީއަށް އެންމެ މުހިންމީ އެއަރޕޯޓް މަޝްރޫޢުކަމަށެވެ. މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވެފައި، ދަތުރުފަތުރުކުރުމަށްވެސް ދަތިތަކެއްހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީއަށް އެއަރޕޯޓެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އެއީ ދަތުރުފަތުރާއެކު އިޤްތިޞާދީ ތަރައްޤީވެސް މަތީ ހަރުފަތަކަށް ގެންދެވޭނެ މަޝްރޫޢެެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަކުނުދޫއަށް ކުރެއްވި ދަތުރުފުުގައި ވަނީ އެރަށުން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށްޓަވައި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި އައު ސިއްޙީ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ވަނީ ރައީސްގެ މި ދަތުރުފުޅުގައި ފަށްޓަވާދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަކުނުދޫގައި ތަރައްޤީކުރާނީ 1800 މީޓަރުގެ ރަންވޭ އަކާއެކު ތަރައްޤީކުރާ އެއަރޕޯޓެއްކަމަށެވެ. އެ މަޝްރޫޢާއެކު، ރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިމާއި، އެއަރޕޯޓުގެ ޢުމްރާނީ ވަސީލަތްތައްވެސް އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. “ރަށުގެ ބޭނުމަށް 22 ހެކްޓަރު ހިއްކޭނެ، އަދި އެއަރޕޯޓު ބޭނުމަށް ބިން ހިއްކޭނެ. ވަރަށް އިސްކަންދީގެން މިމަސައްކަތް ކުރިއަށްދާނެ. މިއާއެކު އެއަރޕޯޓް ހިންގުން އެމްއޭސީއެލް ހަވާލުވާނެ. އެކުންފުނިން އެމްޓީސީސީއާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާއެކު މަސައްކަތްކުރާނެ. އަޅުގަނޑު އެންމެ އިސްކަންދެނީ ވީހާވެސް ވަހަށް މި މަސައްކަތް ނިންމުމަށް. ތިބޭފުޅުންނަށް ޔަޤީންކަން ދެން ވަރަށް ކާމިޔާބުކަމާއެކު ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާނެކަމަށް.”
މަގު ހެދުމުގެ މަޝްރޫޢަކީވެސް ރަށަށް އަސާސީކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަޝްރޫޢާއިއެކު އިންވެސްޓްރުކުރާ ފަރާތްތަކާއި ރައްޔިތުންނަށްވެސް ލުއި ލިބޭނެކަމަށެވެ. ރައީސް ވިދާޅުވީ އެރަށުގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒަކީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްކަމަށެވެ. އެއާއެކު ޖާގަ އިތުރުވެ ވަސީލަތްތައްވެސް ޤާއިމްވާނެއެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުން މުހިންމު ދާއިރާތަކުން ޚިދުމަތްދީ، އެކްސްރޭއާއި ސްކޭނިންގެ ޚިދުމަތްތާއި ޑައިލިސިސްގެ ޚިދުމަތް ފަދަ މުހިންމު ޚިދުމަތްތައް ޤާއިމްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އޭގެކުރިންވެސް މިހާރު ހުރި ފެސިލިޓީގެތެރޭގައި ގެނެވޭނީ ކޮން ބަދަލެއްތޯ ބަލާނަން. މިހާރުހުރި ޖާގައިގެ ތެރެއިން މިދެންނެވި ޚިދުމަތް އިތުރުވާކަމަށްވަންޔާ، ޚާއްޞަކޮށް ޑައިލިސިސް، އެކްސްރޭ، ސްކޭން ފެށޭނެކަމަށްވާނަމަ ބަޖެޓުގެތެރެއިން ކޮންމެ ކަމެއްވެސް، ސްޕެޝަލިސްޓު ޑޮކްޓަރުން ގެނައުމަށްވިޔަސް ކުރިއަށް ގެންދާނަން.”

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ މަކުނުދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށާއި، އެއީ ތައުލީމީ ދާއިރާއިން ކުރިއެރުން ލިބޭނެ މަޝްރޫޢެއްކަމަށެވެ. ރައީސް ވަނީ އެރަށުގެ ބިން ހިއްކުން ނިމުމުން ގެދޮރުވެރިކަމުގެ ޚާއްޞަ މަޝްރޫޢުއެއް ހިންގާނެކަމަށް ވިދާޅުވެ އެމަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން މަކުނުދޫގައި މިހާރު ހުރި އައިސްޕްލާންޓް ފުރިހަމައަށް ހިނގާނެގޮތް ހެދުމަށްސަރުކާރުގެ މަސްކުންފުނިކަމަށްވާ މިފްކޯއާއި ހަވާލުކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދެން އެރަށަށް ވަޑައިގަންނަވާނީ ވީހާވެސް އަވަހަށް އެއަރޕޯޓް މަޝްރޫޢު ނިންމަވައި ގިނަ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށްކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
