
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިހާތަނަށް އެމަނިކުފާނު ވަޑައިނުގަންނަވާ ބާކީ ހުރި ހުރިހާ ރަށަކަށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ވަޑައިގަތުމަށް އަމާޒު ހިފާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ގާތުން އޮޅުން ފިލުއްވާކަމަށާއި، އެކަންކަމަށް ދާއިމީ ހައްލު ގެނެސްދެއްވުން ކުރިއަށްދާކަމަށެވެ. އޭގެ ނަތީޖާއަކީ ރައްޔިތުން ސީދާ ބޭނުންވާގޮތަށް ކަންކަންވެގެން ދިއުންކަަމަށް ރައީސް ވިދާޅުވިއެވެ.
“މިދަތުރުގަވެސް، އަދި ކުރިންވެސް، އެހެން ރަށްރަށުގައިވެސް އަޅުގަނޑު ކުރިއަށް މިގެންދަނީ މިހެންހުރި ކަންކަން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި އަޅުގަނޑުމެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް ވަނީ ތާވަލެއްހަދާފައި. އެއީ އަމާޒަކީ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިގަތުމުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމާއެކު މިއަހަރުގެތެރޭގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު އިންސައްތައެއްގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި އަންނަ އަހަރު ބާކީ މަސައްކަތްތައްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ބަޖެޓު ތަރުތީބުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މިއަހަރާއި އަންނަ އަހަރަކީ ވަޢުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށައި އަދި ގިނަ މަސައްކަތް ނިންމާނެ ދެ އަހަރު” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ޝަޢުގެއްވެސް ހުރީ ނަތީޖާ ނެރުއްވުމަށްކަމަށެވެ. ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސިލްސިލާގޮތެއްގައި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެން އެރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ހުރިހާ މުއައްސަސާއެއްގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ. އޭގެފަހުން އެމަނިކުފާނު ބައްދަލުކުރައްވަނީ ރައްޔިތުންނާއެެވެ. މިއީ ރަށްރަށުގެ މަޝްރޫޢުތައް ހިންގުމަށް އެންމެ ފަސޭހަގޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާއިތުވި ދޮޅު އަހަރުތެރޭގައި ރައީސް ވަނީ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާ ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބައްދަލުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
