
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު ނެތް ކަމުގައި ބުނެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުމަށް ބަންގްލަދޭޝް ސަރުކާރުން ގޮވައިލައިފިއެވެ. ރޮހިންޔާއިންނަކީ، މިޔަންމާގެ އަސްކަރީ ސަރުކާރާއި ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމަށް ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ މުސްލިމުންގެ ދަރިކޮޅެކެވެ. ކޮކްސް ބާޒާރުގައި ޤާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުގައި 1.3 މިލިޔަނަށްވުރެ ގިނަ ރޮހިންޔާއިން ދިރިއުޅޭ ކަން ތަފާސްހިސާބުތަކުން ސާފުވެއެވެ. ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. މި ވަގުތު ކޮކްސް ބާޒާރުގައި ދިރިއުޅޭ 1.3 މިލިޔަނެއްހާ ރޮހިންޔާއިންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ.
ކޮކްސް ބާޒާރުގައި ދިރިއުޅޭ ރޮހިންޔާއިންގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސް ވިދާޅުވީ، އެ މީހުންނަށް ކާބޯތައްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު އެ ޤައުމުގެ ސަރުކާރުގެ ކިބައިގައި ނެތް ކަމުގައެވެ. އަދި، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އެ ޤައުމަށް އިޤުތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފައިވާ ކަމުގައެވެ. “މި ވަގުތު ކުރިމަތީގައި އޮތް ގޮންޖެހުންތަކަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި [ރޮހިންޔާ ރެފިއުޖީންނަށް] އެހީތެރިކަން ފޯރުކޮށްދިނުމަށް އެތެރޭގެ ވަސީލަތްތައް ބޭނުން ކުރެވޭނެ ކަމުގެ އުންމީދެއް ނެތް. ރޮހިންޔާއިންގެ މައްސަލަ، އަދި އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީ ބައިނަލްއަޤްވާމީ މައިދާނުގެ ސުރުޚީތަކުން ފޮހެލައިގެން ވާނެ ކަމެއް ނޫން،” ޔޫނުސް ވިދާޅުވިއެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަނބުރާ ވަޒަނަށް ދަތުރު ކުރުމުގެ ފުރުޞަތު އެ މީހުންނަށް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.
ޔޫނުސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އެތަކެއް ސަތޭކަ ހާސް ރޮހިންޔާއިންނެއް ބަންގްލަދޭޝަށް ހިޖުރަކުރި ހާދިސާއަށް އަށް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. 2017ވަނަ އަހަރު 700,000އަށްވުރެ ގިނަ ރޮހިންޔާއިން ބަންގްލަދޭޝަށް ހިޖުރަ ކުރިއެވެ. އެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން ކޮކްސް ބާޒާރުގައި ބޮޑު ރެފިއުޖީ ކޭމްޕެއް ޤާއިމު ކޮށްފައިވާއިރު، އެއީ މި ވަގުތު ދުނިޔޭގައި އޮތް އެ ފަދަ އެންމެ ބޮޑު ކޭމްޕެވެ. މިޔަންމާގެ ރާކައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރާއި ބުދު ދީނުގެ ހައްދުފަހަނަ އެޅި ސިފައިން އަދިވެސް ދަނީ ޤަތުލުޢާންމު ހިންގަމުންނެވެ. އެ އަނިޔާވެރި ކަމުން ސަލާމަތްވުމަށް ފާއިތުވި އަހަރެއްހާ ދުވަހުުގެ ތެރޭގައި އިތުރު 150,000އެއްހާ ރޮހިންޔާއިން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވެއެވެ. ބަންގްލަދޭޝްގެ އިތުރުން އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ވެސް ރޮހިންޔާ ދަރިކޮޅުގެ މީހުން ދަނީ ހިޖުރަ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
