
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ނުސިހޭނެ ކަމަށާއި، އެމެރިކާގެ އަމުރުތަކަށް ބޯނުލަނބާނެ ކަމުގައި ވިދާޅުވެ، އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާއީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެ، ޓްރަމްޕަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައި ރިޕޯޓު ކޮށްފައި ވަނީ އީރާންގެ ދައުލަތުގެ މީޑިޔާއިންނެވެ. ޚާމަނާއީ ވިދާޅުވީ، ތަހްރާނާއި ވޮޝިންގްޓަނާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތަކަކީ ޙައްލު ކުރެވޭނެ ފަދަ މައްސަލައެއް ނޫން ކަމުގައެވެ. ތަހްރާނާއި ވޮޝިންގްޓަނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުންނެވެ. އީރާނުން ބޭނުން ވަނީ ސުލްޙަވެރި ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގުމަށެވެ. ނަމަވެސް، އެއީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ހިންގާ ޕުރޮގުރާމެއް ކަމުގައި އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޔަހޫދީން ދަނީ ތުހުމަތު ކުރަމުންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ޒަޔަނިސްޓު ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ކުރިމަގާއި ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ޓްރަމްޕާއި ޔަހޫދީން ސިފަ ކުރެއެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް ޓްރަމްޕް އިސްނަންގަވައިގެން ދާދި ފަހުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ފެށިއެވެ. ނަމަވެސް، އެ ކަން ބަލައިނުގަނެވިގެން ޔަހޫދީން ވަނީ އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. 12 ދުވަހަށް އެ ޙަމަލާތައް ދެމިގެން ދިޔައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. އަދި، ޖޫން 22ވަނަ ދުވަހު، އެމެރިކާއިން ވެސް ވަނީ ޔަހޫދީންނާ ބައިވެރިވެފައެވެ. އަދި، އީރާންގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް ނުރައްކާތެރި ހަތިޔާރުތަކެއް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ޔަހޫދީންނާއި ޓްރަމްޕް ގުޅިގެން އީރާނަށް ދީފައިވާ ޙަމަލާތަކާ އެކު އީރާނުން ވަނީ އެމެރިކާއާ އެކު ކުރަމުން ދިޔަ މަޝްވަރާތައް މެދުކަނޑައިލާފައެވެ.
ނަމަވެސް، އެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން އީރާނާއި ހުޅަނގު ބާރުތަކާ ދެމެދު އަދިވެސް ދަނީ ވާހަކަތައް ދެކެވެމުންނެވެ. އަދި، ސުލްޙައިގެ މަޝްވަރާތައް ރަސްމީކޮށް ފެށުމަށް އީރާނާއި ހުޅަނގުގެ ބާރުތަކުން ވަނީ އޮގަސްޓު 22ވަނަ ދުވަހު އެއްބަސްވެފައެވެ. އެމެރިކާގެ ބިރަށް ނުސިހޭނެ ކަމަށާއި، އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާނެ ކަން ޚާމަނާޢީ ހާމަ ކުރައްވާފައި ވަނީ، މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވުމާ ދިމާކޮށެވެ. “އެ މީހުން ބޭނުން ވަނީ އެމެރިކާއިން ބޭނުންވާހާ ގޮތަކަށް ހެދިގެން އީރާނުން އޮތުމަށް. އެ ފަދަ ކުށްހީތައް ގެންގުޅޭ ފަރާތްތަކާ ކުރިމަތިލުމަށް އީރާނަށް ލިބިފައިވާ ހުރިހާ ބާރަކާއި އެކު ތެދުވެ، ސާބިތުކަމާ އެކު ދެމި އޮންނާނެ،” ޚާމަނާއީ ވިދާޅުވިއެވެ. “އެމެރިކާއާ ދެކޮޅަށް ބަސް ނުބުނުމަށް، އަދި އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ގޮވައިލަމުންދާ މީހުންނަށް ހަމައެކަނި ފެންނަނީ [އެމެރިކާއިން] ދައްކާ މަންޒަރުތައް… މިއީ ޙައްލު ކުރެވޭނެ ފަދަ މައްސަލައެއް ނޫން.”
ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އީރާނުން އިންކާރު ކުރަމުންދާ ނަމަ، އެކުވެރި ދައުލަތްތައް (އދ) މެދުވެރިކޮށް އެ ޤައުމާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ބުނެ ހުޅަނގުގެ ބާރުތަކުން ދަނީ ބިރު ދައްކަމުންނެވެ. އެ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެއެވެ. އެ ޤައުމުތަކުން ދެކޭ ގޮތުގައި އީރާނުން މަސައްކަތް ކުރަމުން ދަނީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށެވެ. ނަމަވެސް، އީރާނުން ދަނީ އެ ތުހުމަތު ދޮގު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
