
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޢަބްޠާލުން އިހުގައި ހޯއްދަވައިދެއްވާފައިވާ ދިވެހި ވަންތަކަން މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދޭން އިސްކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން އެމަނިފާނު ވަނީ އިހުގެ ދިވެހީންގެ ކިބައިގައި ހުރި ރިވެތި އާދަތަކާއި ސިފަތައް އަލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިފަތައް އިޔާދަކޮށް ދިރުވާ އަލާކުރުމަށް އަޒުމު ކަނޑައެޅުއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
” ޤައުމީއްޔަތަކީ ދިވެހިވަންތަކަށް އިސްލާމް ދީނަށް ޚުރުމަތްތެރިކޮށް ހިތުން. ދިވެހި ބަހަށް ޚުރުމަތްތެރިކޮށް ހިތުން ރީތި އާދަ ކާދަތަކަށް ޚުރުމަތްތެރިކޮށް ހިތުން. އަޅުގަނޑުމެން ކޮންމެ މީހަކުގެ ބޮލުގައި ވެސް ދިވެއްސަކަށްވީތީ މިކަމުގެ ޒިންމާ އެޅިފައި އެބައޮތް. އަޅުގަނޑު އަޒުމު އައު ކުރަންވީ މިކަމަށް. އަޅުގަނޑުމެންގެ ޒިންމާތައް ގުޅިފައި އޮތީ މިކަމާޢި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއްވެސް މީހެއްގެ އަބުރާއި އިއްޒަތަށް އަރައިގަތުމަކީ، އަނެކާއަށް ލިބިދީފައިވާ ހައްޤެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ އެކަކު އަނެކަކަށް ބެލުމެއް ނެތި އަބުރަށް އަރައިގަތުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިވެހި އަބްޠާލުން ދިވެހި ޤައުމު ހިމާޔަތްކޮށް މިހާ ހިސާބަށް ގެނެސްފައިވަނީ މިކަމަށް މަގުފަހި ކުރުމަށް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ކަމެއްވެސް އޮންނަން ޖެހޭނީ ވަކި ޚުދޫދެއްގެ ތެރޭގައި ކަން ފާހަކުރައްވާފައެވެ. އަދި މުސްލިމަކަށްވީތީވެސް އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކާއި ދުލުން ބަހެއް ބޭރުވުމަށް ފަހު އެ ތިމާއަކީ އެބަހެއްގެ އަޅެއްކަން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫނީއްޔާ ކޮންމެ ވާހަކައެއް ބުނުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން. ތިމަންނަ ކުރައްވާ ކަންކަމަކީ ހައްޤުތަކަކީ ވަކި ޚުދޫދުތަކެއް ތެރޭގައި އޮންނަންވާނެ ކަންކަން. ކޮންމެ ރައިޓަކީވެސް ލިމިޓެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ދިވެހި އަބްޠާލުން ހޯދައިދެއްވާފައިވާ ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމަށާއި މިއީ މިފަދަ ދުވަހެއްގައި ސަމާލުކަން ދޭން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
