
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއްކުރާނެކަމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިވާދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއެއްގޮތަށް އަތޮޅުތެރޭގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް މިއަހަރާ އަންނަ އަހަރުގެ ތެރޭގައި ގާއިމުވެގެންދާނެކަމަށެވެ. އެގޮތުން ނައިވާދޫގައި ގާއިމުކުރެވިގެންދާ ފިޓްނެސް ސެންޓަރާއެކު ރައްޔިތުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށްވެގެންދާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“ފިޓްނެސް އެންޑް ރިކްރިއޭޝަންއަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ދެއަހަރުދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގެންފައިވާގޮތުން 2025 އަދި 2026 ވަނަ އަހަރު މި ދެ އަހަރަކީ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުވެގެންދާނެ ދެ އަހަރުކަމުގައިވަނީ. އަދި ހަމަ އެއާއެކު މިރަށުގައިވެސް ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ ބިންގާ އިރާދަކުރެއްވިއްޔާ އެޅިގެންދާނެ. މި ސެންޓަރަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިވެދޭނެ މަރުކަޒެއް” ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. ނައިވާދޫގައި ގާއިމުކުރާ ފިޓްނެސް ސެންޓަރަކީވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ސެންޓަރެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން އިންޑޯ ކުޅިވަރުތަކާއި ބޯޑް ގޭމުތައްވެސް އެތަނުން ކުޅެވޭނެކަމަށާ އޭގެ ތެރޭގައި ޓީޓީ، ޕޫލް، ބިލިއާރޑް އަދި ގާރލަންޑޯ ފަދަ ކުޅިވަރުތައް ހިމެނޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން މި ސެންޓަރުތަކަކީ ދެ ޖިންސުގެ ރައްޔިތުން ކަސްރަތުކުރުމަށް އެރޮބިކްސް ސްޓޫޑިއޯއެއްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ތަނެއްކަމަށާއި، އަދި ހަމަ އެއާއެކު ފިޓްނެސްގެ ދާއިރާއިން ޒުވާނުން އުފައްދާ ހޭލުންތެރިކުރުމަށްޓަކައި އިންޑޯ ޖިމެއްވެސް ގާއިމުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ނައިވާދޫއަކީވެސް ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމުން ކުޅިވަރު ވުޒާރާއިން ބާއްވަމުންގެންދާ ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއެރީ ކްލާސްތައް ކުރިއަށް ގެންދިއުމަށް ޚާއްސަ ކުލާސްރޫމެއްވެސް ފިޓްނެސް ސެންޓަރުގައި ގާއިމުކުރާނެކަމަށެވެ. އަދި މީޓިންގ ރޫމެއްގެ އިތުރެއްގެ އޮފީސް ކޮމްޕްލެކްސްއެއްވެސް އެތަނުގައި ހިމެނޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“މިރަށަކީވެސް ވަރަށް ކުޅިވަރަށް ލޯބިކުރާ ބައެއް އުޅޭ ރަށެއް. އޭގެ ތެރޭގައި ވޮލީ، ފުޓްބޯލް އަދި ފުޓްސަލް މިކަހަލަ ކުޅިވަރުތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިނިސްޓްރީން ދޭތެރެ ދޭތެރެއިން މިބާއްވާ ކޯސްތައް އެއީ ކޯޗިންގ ކޯސްވިޔަސް، އަދި ރެފްރީން ކޯސްވިޔަސް އެކޯސްތަކުގެ ތިއެރީ ކްލާސްތަކާ ޕްރެކްޓިކަލް ކްލާސްތައް ކޮންޑަކްޓުކުރާއިތު، ތިއެރީ ކްލާސް ކޮންޑަކްޓުކުރާނެ ކުލާސްރޫމެއްވެސް މިބިނާގެތެރޭގައި ހިމެނިގެންދާނެ. ހަމައެއާއެކު މީޓިންގ ރޫމާއި އޮފީސް ކޮމްޕްލެކްސްއެއްވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ” ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ރަށްރަށުގައި ގާއިމުކުރެވިގެންދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ދޭދޭ ގުޅުންތައް ވަރުގަދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެތަންތަނަކީ ރަށުގެ ކުދި ބޮޑު އެންމެން އެއްވެ، އެކުވެރިކަން އާލާކޮށްދޭނެ ތަންތަނަށްވާއިރު، މިކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއަޅާދޭނެކަމަށް ވަޒީރު ރާފިޢު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކުގެ މަސައްކަތް މިހާރުވަނީ ބައެއް ސަރަހައްދުތަކުގައި ފެށިފައެވެ. މިއަހަރާއި އަންނަ އަހަރުން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާއިރު، މިއީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
