
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރާނެ ބަޔަކު މިމަހުގެ ތެރޭގައި ހޯދާފައިވާކަމަށާއި ވަރަށް އަވަހަށް އެ ދަނޑުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ނައިވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ފުަޓްބޯޅައިގައި ވަރަަށް ކާމިޔާތައް ހޯދާ ރަށެއް ކަމަށާއި އެހެންނަމަވެސް ފުޓްބޯޅަ ދަނޑުގެ ބޭނުން އޮތީ ނުހިފި ކަމަށެވެ. ރައީސް ވިދާޅުވީ އެ ފުޓްބޯޅަ ދަނޑު ތަރައްގީކުރާނީ ހުރިހާ ވަސީލަތްތަކާއި އެކު ރޭގަނޑައި ދުވާލުވެސް ދަނޑު ބޭނުން ކުރެވޭ ގޮތަށް ކަމަަށެވެ.
”ލައިޓްޖެހުމާ ހަމައަށް ރަނގަޅު ފެންވަރުގައި އިރާދުކުރެއްވިއްޔާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެ މަޝްރޫއު ނިމިގެންދާއިރު މި ދެންނެވި ފަދައިން ފެންސްޖެހި ލައިޓްޖެހި ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ. އިރާދުކުރެއްވިއްޔާ އެކަން ދާދި އަވަހަށް މި ދެންނެވި ގޮތަށް ފެށިގެންދާނެ“ ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނައިވާދޫ ޒުވާނުންނަށް އަދި ކުޅިވަރަށް ކުޅޭ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
