
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށެއްގައި ޔަހޫދީން 3،000އަށްވުރެ ގިނަ ޒައިތޫނި ގަސް މުލުން ލުހެލައިފިއެވެ. ރާމަالله ކައިރީގައި އޮންނަ އަލް-މުޣައްޔިރު އަވަށުގެ 0.27 އަކަކިލޯމީޓަރުގެ ސަރަޙައްދެއްގައިވާ ޒައިތޫނި ގަސްތައް ލުހެލުމަށް ޔަހޫދީ އަސްކަރިއްޔާއިން އަމުރުކޮށް, ގަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބަހަނާއެއް ދައްކައި އެ އަވަށް ފުރަބަންދުކުރުމަށް ފަހުގައެވެ. އަލް-މުޣައްޔިރު އަވަށު ކައުންސިލްގެ އިސްވެރިޔާގެ ނައިބު، މަރްޒޫގު އަބޫ ނަޢީމް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން އެ އަވަށުގެ 30 ގެއަކަށް ވަދެ އާންމުންގެ މުދަލާއި ގެދޮރަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. ފަލަސްޠީނުގެ ޒައިތޫނި ގަސްތަކަކީ އެ ޤައުމުގެ ސަޤާފަތް ރަމްޒުކޮށްދޭ ޚާއްޞަ ނިޝާނެކެވެ. ފަލަސްޠީނުގެ އަމިއްލަވަންތަކަމަށް ގޮންޖަހައި ޒައިތޫނި ގަސްތައް ކެނޑުމަކީ ޒަމާނުއްސުރެ ޔަހޫދީން ކުރަމުންދާ ކަމެކެވެ. އެއީ ފަލަސްޡީނުގެ ބިންތައް ފޭރިގަނެ، އެ ޤައުމުގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުމުގެ ގޮތުންނެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރިއަށް ޔަހޫދީންގެ ޙަމަލާތައް އަމާޒުވާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ޔަހޫދީ ވަޒަންވެރިންގެ ދުއްތުރާތައް އިތުރުވިއިރު، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނަކަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. އދގެ އިންސާނީ މަސައްކަތާބެހޭ އިދާރާ، އޯސީއެޗްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން 2،370 ފަހަރެެއްގެ މަތިން ޙަމަލާ ދީފައިވެއެވެ. އެންމެ ގިނަ ޢަދަދަކަށް ޙަމަލާ ދީފައި ވަނީ ރާމަاللهގައެވެ. އެއީ 585 ޙަމަލާއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ޙަމަލާދީފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ނަބްލުސްގައެވެ. މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ޖުމްލަ 671 ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 129 ކުޑަކުދިން ވެސް ހިމެނެއެވެ.
ފަލަަސްޠީނަށް ނިޞްބަތްވާ ދިރާސާކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ހަމްޒާ ޒުބައިދަތު ވިދާޅުވީ ޒައިތޫނި ގަސްތައް މުލުން ލުހެލައި ޔަހޫދީން ދެމުންދާ ގެއްލުމަކީ ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކުރުމަށް މަޖުބޫރު ކުރުވުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެެއް ކަމަށެވެ. މިއީ ޔަހޫދީން އަލަށް ކުރާ ކަމެއްް ނޫން ކަމަށާއި 1967ވަނަ އަހަރުން ފެށިގެން ޔަހޫދީން މި ފަަދަ ޢަމަލުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒުބައިދަތު އިތުރަށް ވިދާޅުވީ އަލް-މުޣައްޔިރަކީ ދަނޑުވެރިކަމުގެ ދިގު ތާރީޚެއް އޮތް އަވަށެއް ކަމަށާއި ހުޅަނގު އައްސޭރީގައި ހިމެނޭ އެހެން އަވަށްތަކޭ އެއްގޮތަށް، އަލް-މުޣައްޔިރުގެ ރައްޔިތުން ވެސް އާމްދަނީ ހޯދުމަށް ބަރޯސާވާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަން ކަމަށެވެ. ޔަހޫދީން 3،000އަށްވުރެ ގިނަ ޒައިތޫނި ގަސް މުލުން ލުހެލާފައި ވަނީ ރާމަالله ސަރަޙައްދުގެ އެންމެ ބިންގަޑު ރަނގަޅު ހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒުބައިދަތު އިތުރަށް ވިދާޅުވީ ގަސްތަކަށް ގެއްލުން ދިނުމާއި ފެންއާރުތައް އަތުލައިގަތުމާއި ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ޔަހޫދީން ހުރަސް އެޅުމަކީ ފަލަސްޠީނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު އިތުރަށް ގޯސްވާނެ ސަބަބުތަކެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
