
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނުގެ ޑޮންޓްސްކްގެ ސަރަޙައްދީ ރޮނގު ކައިރިން، ޔޫކްރެއިނުގެ އިތުރު ދެ އަވަށެއް ރަޝިޔާގެ އަސްކަރިއްޔާއިން ހިފާފައިވާކަމަށް، ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ގާތްގަނޑަކަށް 1،000 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގު ކައިރިން އިއްޔެ ވެސް ތިން އަވަށެއް ހިފާފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އިތުރު އަވަށްތަކެއް ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާކަން ޔޫކްރެއިނުން އަދި ރަސްމީކޮށް ޔަޤީންކޮށްދީފައިނުވި ނަމަވެސް، ޑްނިޕްރޮޕެޓްރޯވްސްކް ސަރަޙައްދުގެ ހުޅަނގުގައި އޮތް އަވަށެއް ރަޝިޔާގެ އަސްކަރިއްޔާގެ އަތް ދަށުން ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނުގެ ވެރިރަށް ކިއޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، ރަޝިޔާގެ އަސްކަރިއްޔާއިން މިހާރު އަމާޒުހިފާފައިވަނީ، ޑޮނެޓްސްކް އާއި ލުހާންސްކް ހިމެނޭ، އިރުމަތީގައި އޮންނަ ޑޮންބާސް ސަރަޙައްދު ހިފުމަށެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އިސްވެ ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްފައިވަނިކޮށް، ޔޫކްރެއިނުން ރޭ ވަނީ ވަރުގަދަ ޑްރޯން ޙަމަލާތަކެއް ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް ދީފައެވެ. ރަޝިޔާގެ ނިޔުކްލިއަރ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަކަށް އަމާޒުކޮށްދިން މި ޙަމަލާތަކުގައި، ކުރޫސްކުގައި ހުންނަ ނިޔުކްލިއަރ މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ. މިގޮތުން، އެ ތަނުގެ ޓްރާންސްފޯމަރަކަށް ލިބުނު ގެއްލުމުގެ ސަބަބުން، ހަކަތަ އުފެއްދުމުގެ ޤާބިލުކަން 50 އިންސައްތައަށް ދަށްވެގެން ދިޔަކަމަށްވެއެވެ. މީގެ އިތުރުން، ރަޝިޔާގެ އުތުރު ލެނިންގްރާޑް ސަރަޙައްދުގެ އުސްޓް-ލޫގާ ބަނދަރުގެ މައްޗަށް ޔޫކްރޭންގެ 10 ވަރަކަށް ޑްރޯން ވެއްޓިފައިވާއިރު، ނޮވެޓެކް އިން ހިންގާ ޓާމިނަލްގައި – ބޯލްޓިކް ކަނޑުގެ ބޮޑު ތެޔޮ އެކްސްޕޯޓް ޓާމިނަލަކާއި ޕްރޮސެސިން ކޮމްޕްލެކްސްއެއްގައި ހުރި ކުނިތަކެއްގެ އަލިފާން ރޯވެފައިވާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވިއެވެ.
އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި އެ ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. ލެނިންގްރަޑް އާއި ސަމާރާ ހިމެނޭ ގޮތަށް ކްރައިމިއާ ޕެނިންސުލާ ހިމެނޭ ގޮތަށް 13 ސަރަޙައްދެއްގައި ރޭ ޙަމަލާދޭން ބޭނުންކުރި ޖުމްލަ 95 ޔޫކްރޭންގެ ޑްރޯން ރަޝިޔާއިން ވައްޓާލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ. އެ ޙަމަލާތައް ދިން ވަގުތު، އެތައް ގަޑިއިރަކަށް އެ ސަރަޙައްދުގެ އެއާޕޯޓުތަކުގެ އުދުހުންތައް މެދުކަނޑައިލަންޖެހުނު ކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
