
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިވެހި ފުޓްބޯޅައަށް މި ވަގުތު ކުރަންޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ނިޒާމު ބަދަލުކުރުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. މިވަގުތު ފުޓްބޯޅައިގެ ހާލަތު ބަޔާން ކޮށްދެމުން ޠާރިޤު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ވާދަވެރި ބައެއް މުބާރާތްތައް ނުބޭއްވި ދިޔުން ކަމަށެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގާއި، އަތޮޅު މުބާރާތް ހުއްޓިފަ އޮންނަތާ އަހަރުތަކެއްވެފަވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ. “މީގެ ކުރިއަކުން މުޅި ރާއްޖެ ޝާމިލުވާ ގޮތައް، ރާއްޖޭގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ނިޒާމެއް ނޯންނާނެ، އެހެންވީމަ އަޅުގަނޑުމެން އެކްސްކޯއިން މި ކުރިކަމަކީ ފުރަތަމަ އެ ނިޒާމު ގާއިމު ކުރުން.” ޠާރިޤު ވިދާޅުވިއެވެ.
ރާއްޖޭގަ މިހާތަނަށް މި ބަދަލު ނުގެނެވި އޮތީ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ފަށަން އުޅުމުން ކަމަށް ޠާރިޤު ވިދާޅުވިއެވެ. “ފުރަތަމަ ވެސް އަޅުގަނޑުމެން ފަށަން ބޭނުން ވަނީ ވެސް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައިގެން، އޭގެއިން ކޮލިފައިވެގެން އަންނަ ގޮތައް ފުރަތަމަ އަހަރު ނިންމާފަ ދެވަނަ އަހަރު ޕްރިމިއަރ ލީގަށް ކޮލިފައިވާގޮތައް، ލީގު ސިސްޓަމް އަޅުގަނޑުމެން ޗޭންޖް ކުރަން މި ބޭނުންވަނީ” މިހާތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ޠާރިޤު ވިދާޅުވިއެވެ. ފުޓްބޯޅަ އޮތީ ވަރަށް ހާލުގަކަމަށާއި، އިންތިހާބު ވުމަށްފަހު އެފްއޭމް ތެރޭގައި ހިގާފަހުރި ކަންކަމާއި، މިހާރު ހުރިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ކަންކަން މިހާރުވެސް ކުރެވެމުންދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
މިއަދާ ހަމައަށް ހޭދަވިދުވަސް ތަކުގައި އެފްއޭމްގެ ބިންތަކާއި ގުޅުހުންރި ކަންކަމާއި އެކަން ކަމާގުޅިގެން އެފްއޭއެމް އަށް ފައިދާ ނުވާގޮތައް ހުރި އެއްބަސްވުންތައް ބަލައި އެ އަބަސްވުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
