
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ޢިއްޒަތްތެރި، ޝުހުރަތްތެރި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ސާބިތުކޮށްދިނުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ޤައުމީ ދުވަސް ދިވެހިންނަށް މުހިންމު ވަނީ މި ދުވަހަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ދުވަހަކަށް ވީތީ ކަމަށެވެ. އެ ދުވަހަކީ 1558 ވަނަ އަހަރު، ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިއުމުން، އެ ބައިމީހުންގެ ކިބައިން މުޙައްމަދު ތަކުރުފާނުގެ ލަޝްކަރުން ރާއްޖެ ސަލާމަތްކުރެއްވި ދުވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ދުވަހުން ޙާސިލުކުރަންޖެހޭ ބައެއް ޢިބުރަތްތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“ޤައުމީ ދުވަސް ބުނެދެނީ އުންމީދުގެ ދުވަސްކަން. އެއީ މާޔޫސްކަމާ ދުރަށް ދާންވި ދުވަސްކަން. ޤައުމީ ދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެވެސް ދުވަހެއްވެސްމެ. ކަޅުއޮށްފުންމި ބަނުމުގައި 40 މާވަޑިން ތަފާތު ކަންކޮޅުތަކުން ބައިވެރިވި. ޖިހާދު ކުރިއަށްދިޔައިރު، އެކި ރަށްރަށުން އުތީމު މަހާރަދުންނަށް ދެއްވި އެހީތެރިކަން ފާހަގަކޮށްލަންޖެހޭ.” ވަޒީރު ވިދާޅުވިއެވެ. ރައީސް އިޢުލާންކުރައްވާފައިވާ ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫޢަކީ ދިވެހިންގެ ސިފަތައް އަލުން އަށަގެންނެވުމުގެ މަޝްރޫޢެއް ކަމަށެވެ. އެ ގޮތުން ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތާއި ބަހާއި ސަގާފަތް އަލުން އިޢާދަކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިނިވަންކަމާއެކު ދެމިތިބުމުގެ ފިކުރެއް އުފެއްދި، އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް މިނިވަންކަމާއި ޢިއްޒަތާއި ޝުހުރަތު ޙައްޤު އަދި އެކަން ޤާއިމުކުރާ ބައެއްކަން މި މަޝްރޫޢުގެ ސަބަބުން ސާބިތުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ޖަލްސާ މިއަހަރު ބާއްވާފައިވަނީ، ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައެވެ. މި ޖަލްސާގައިޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
