
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގާސިމް އިބްރާހިމް ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ފަތުރަމުން ގެންދަވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަން ދޮގުކުރައްވާފައެވެ. ގާސިމް ހާމަކުރެއްވި ގޮތުގައި، އެއާޕޯޓާ ގުޅޭ މައްސަލަ ކުރިއަށްދިޔަ ގޮތް ތަފްސީލުކޮށްދެއްވުމުގެ އިތުރުން، ޔާމީންގެ ވެރިކަމުގައި އޭނާ އާއި ވިލާ ކުންފުންޏަށް ކުރި ދުއްތުރާތައްވެސް ފާހަގަކުރައްވާފައެވެ. ކާޑެއްދޫ ރީޖަނަލް އެއާޕޯޓް ގެއްލުމުގައި ހިންގަމުންދާތީ، 2013 ވަނަ އަހަރު އަމިއްލަ ފަރާތަކަށް ހިންގަން ދޫކޮށްލުމަށް ހުޅުވައިލުމުން، 50 އަހަރަށް އެއާޕޯޓް ހިންގުމުގެ ބިޑު ވިލާ ގްރޫޕުން ކާމިޔާބު ކުރިއެވެ. ނަމަވެސް ޔާމީންގެ ވެރިކަން ފެށުމާއެކު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން އެއާޕޯޓް އަތުލީއެވެ. ވިލާއިން އެއާޕޯޓަށް އެތައް މިލިއަން ޑޮލަރެއްގެ ބޮޑެތި އިންވެސްޓްމެންޓްތައްކޮށް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ވެސް މަސައްކަތް ކުރަމުން ދިޔަ ކަމަށް ގާސިމް ވިދާޅުވިއެވެ.
ވިލާއިން މިމައްސަލަ ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓާއި، މަތީ ކޯޓުތަކުންނާއި، ސުޕްރީމް ކޯޓުންވެސް ނިންމީ ވިލާއަށް އެއްކޮޅަށެވެ. އެގޮތުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާއާ ހަވާލުކުރިއެވެ. މި އެއްބަސްވުމުގައި ބުނެފައިވަނީ 7 އަހަރު ތެރޭގައި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފިނަމަ، މުއްދަތު 99 އަހަރަށް އިތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް، 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު ގދ. ތިނަދޫ ފަޅުތެރޭގައި އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެފައިވާތީ، މިސަރުކާރުން ބޭނުންވަނީ ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނެގުމަށެވެ. ގާސިމް ވިދާޅުވީ ތިނަދޫ އެއާޕޯޓުގެ ވައުދާ އެއްގޮތަށް، ކާޑެއްދޫ، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ރައީސް މުއިއްޒު ބޭނުންފުޅުވާތީ، ވިލާއިން އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ނިންމި ކަމަށެވެ. ސަރުކާރާއި ވިލާއާ ދެމެދު އެއްބަސްވެފައިވަނީ އެއާޕޯޓުގެ އަގުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ. މިފައިސާ ދެއްކުމަށް ދެގޮތެއް ސަރުކާރުން ހުށަހެޅިއެވެ. އެއީ 18 މަހުން ބަހާލައިގެން ދެއްކުން ނުވަތަ ޓެކުސް ފައިސާއިން 18 މަސް ދުވަހުގެ ތެރޭގައި އުނިކުރުމެވެ. ވިލާއިން މިހުށަހެޅުން ގަބޫލުކޮށްފިއެވެ.
ޔާމީންގެ ވެރިކަމުގައި އޭނާ އާއި އޭނާގެ ވިޔަފާރިތަކަށް ކުރި ދުއްތުރާ ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް ގާނޫނީ އިމުން ބޭރުން އަތުލުމުގެ އިތުރުން، ޔާމީންގެ އޯޑަރަށް ވިލާއިން 199 މިލިއަން ޑޮލަރުގެ ޓެކްސް ދައްކަން ޖެހޭ ކަމަށް ނިންމާ، ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އެތަކެއް ހާސް މުވައްޒަފުންނަށް މުސާރަ ނުދެވޭ ދުވަސްތަކެއް ތަހައްމަލުކުރަން ޖެހުނު ކަމަށެވެ. ގާސިމް ވަނީ ޔާމީނަކީ މީހެއްގެ މައްޗަށް ނުރުހިއްޖެނަމަ އެމީހަކާ މެދު ކޮންމެ ފަދަ ކަމެއްވެސް ހިންގާފާނެ މީހެއްކަން އޭނާގެ ވެރިކަމުގެ މުއްދަތުގައި ދިވެހި މުޅި ގައުމަށް ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
