
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ނެދަރލެންޑްސްގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމުގައި ވިދާޅުވެ، ވެރިކަން ކުރާ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަސްޕަރ ފޭލްޑްކަމްޕް އިސްތިޢުފާ ދެއްވައިފިއެވެ. ނޫސްވެެރިންނަށް މަޢުލޫމާތު ދެއްވަމުން ފޭލްޑްކަމްޕް ވަނީ، އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ، ޔަހޫދީންގެ ޤަތުލުޢާންމާ މެދު ނެދަރލެންޑްސްގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކަން ކަށަވަރު ކޮށްދެއްވާފައެވެ. ފޭލްޑްކަމްޕް ވިދާޅުވީ، ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ބާރު އަޅައި، ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނެދަރލެންޑްސްގެ އިންތިޤާލީ ސަރުކާރުން ފަސްޖެހެމުންދާ ކަމުގައެވެ. އަދި، ހުޅަނގު އައްސޭރީގެ އިތުރުން ބިންތަކެއް އިސްތިޢުމާރު ކުރުމަށް ޔަހޫދީން ފަށާފައިވާ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އެ ސަރުކާރުން އިންކާރު ކުރަމުންދާ ކަމުގައެވެ.
“އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުމުން ކެބިނެޓުން އަޅުގަނޑު ފަހަތަށް ޖައްސާފައިވާ ކަމުގެ އިހުސާސް ކުރެވުނު،” ފޭލްޑްކަމްޕް ވިދާޅުވިއެވެ. ތާޢީދު ގެއްލުމާ ގުޅިގެން ޖޫން 3ވަނަ ދުވަހު ނެދަރލެންޑްސްގައި އެއިރު ވެރިކަން ކުރަމުން ދިޔަ ސަރުކާރު ވަނީ ވެއްޓިފައެވެ. އަދި، އޭގެ ފަހުން ވެރިކަން ކުރަމުން ދަނީ އިންތިޤާލީ ސަރުކާރަކުންނެވެ. ނެދަރލެންޑްސްގައި އަލުން އިންތިޚާބެއް ބާއްވައި، އައު ސަރުކާރެއް އެކުލަވައިލާނީ އޮކްޓޫބަރު މަހުއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
