
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑްގެ ނުފޫޒުގަދަ ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތާ ދެކޮޅަށް ހުށަހަޅާފައި އޮތް މައްސަލައެއް ކޯޓުން ބޭރު ކޮށްލައިފިއެވެ. ތަކްސިނަކީ މި ވަގުތު މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ހުންނެވި ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތުގެ ބައްޕާފުޅެވެ. ޗިނަވާތު ޢާއިލާއަކީ ތައިލެންޑްގައި ބާރާއި ނުފޫޒުގަދަ ޢާއިލާއެކެވެ. ކޯޓުން ބޭރު ކޮށްލާފައި ވަނީ ތައިލެންޑްގެ ޝާހީ ޢާއިލާއަށް ކުޑައިމީސް ކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ތަކްސިނާ ދެކޮޅަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. ތަކްސިނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ތައިލެންޑްގެ ބާރުގަދަ އަސްކަރިއްޔާއިންނެވެ. ޗިނަވާތު ޢާއިލާއާއި ތައިލެންޑްގެ އަސްކަރިއްޔާއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑު އެތަކެއް އަހަރުތަކަކަށް ވަނީ ދެމިގެން ގޮސްފައެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، 2015ވަނަ އަހަރު ބޭރުގެ މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައި ތަކްސިން އެ ޤައުމުގެ ޝާހީ ޢާއިލާއަށް ކުޑައިމީސް ކުރައްވާފައިވާ ކަމުގައެވެ. ނަމަވެސް، އެ މައްސަލަ ބެލުމަށް ފަހު ކޯޓުން ޙުކުމް ކޮށްފައި ވަނީ، އެ ބަސްދީގަތުމުގައި ތަކްސިން ޝާހީ ޢާއިލާއަށް ކުޑައިމީސް ކުރައްވާފައިވާ ކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމުގައެވެ.
“މައްސަލަ ރައްދުވާ ފަރާތުން [ތަކްސިކް] ރަސްގެފާނު ބަދުނާމުކޮށް، އަބުރު ކަތިލައި، ކުޑައިމީސްކޮށް، ރަސްގެފާނަށް އިންޒާރު ދީފައިވާ ކަން މައްސަލަ ހުށަހަޅާފައިވާ ފަރާތުން [އަސްކަރިއްޔާއިން] ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބަސްދީގަތުމުން ސާބިތުވާކަށް ނެތް، އެހެންވުމާ އެކު މައްސަލަ ރައްދުވާ ފަރާތުގެ ކުށެއް ނެތް ކަމަށް ކަނޑައަޅަން،” ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ. ތައިލެންޑްގެ ބޮޑުވަޒީރު ކަމުގެ މަޤާމު ތަކްސިން ފުރުއްވާފައި ވަނީ 2001ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުން ފެށިގެން 2006ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހަށެވެ. އޭނާ ވެރިކަމުން ދުރު ކޮށްފައި ވަނީ އަސްކަރިއްޔާއިން ހިންގި ބަޣާވާތަކުންނެވެ. އެއަށް ފަހު، 2023ވަނަ އަހަރާ ޖެހެންދެން އޭނާ ދިރިއުޅުއްވާފައި ވަނީ ބޭރު ޤައުމެއްގައި، އަމިއްލަފުޅަށް އަރުވައިލެވިގެންނެވެ.
ނަމަވެސް، އޭނާއަކީ ތައިލެންޑްގެ ސިޔާސީ މައިދާނުގައި ބާރާއި ނުފޫޒު ގަދަ ބޭފުޅެކެވެ. އޭނާގެ ނުފޫޒު ހިނގާ ޕާޓީތައް ކަމުގައިވާ ޕީޕަލްސް ޕަވަރ ޕާޓީގެ އިތުރުން ފިޔު ތައި ޕާޓީން ވެސް ވެރިކަން ކޮށްފައިވާއިރު، 2011ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާ ދެމެދު ބޮޑު ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައި ވަނީ ތަކްސިންގެ ކޮއްކޯފުޅު ޔިންގްލާކް ޗިނަވާތެވެ. އަދި، 2024ވަނަ އަހަރު ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޕޭޓޮންގްޓާނަކީ އޭނާގެ ދަރިކަނބަލުންނެވެ. ތަކްސިން އެނބުރި ޤައުމަށް ވަޑައިގަންނަވާފައި ވަނީ 2023ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އަދި، އެނބުރި ވަޑައިގެންނެވުމާ އެކު، އޭނާއާ ދެކޮޅަށް އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައި، ޖަލަށް ލެވުނެވެ. ނަމަވެސް، އެ އަހަރުގެ ސެޕްޓެންބަރު މަހު އޭނާގެ ޖަލު ޙުކުމުގެ މުއްދަތު ވަނީ އެއް އަހަރު ދުވަހަށް ކުރުކޮށްދީފައެވެ. އެ ކަން ކޮށްފައި ވަނީ ޝާހީ ޢާއިލާގެ ޤާރާރަކުންނެވެ. އަދި، ޕޭޓޮންގްޓާން ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ތަކްސިނާ ދެކޮޅަށް އިއްވާފައިވާ ޙުކުމް ވަނީ މަޢާފު ކޮށްފައެވެ.
ޕޭޓޮންގްޓާން ވެސް މި ވަގުތު ހުންނެވީ ސަސްޕެންޑުކޮށް، ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ތައިލެންޑްގެ ދުސްތޫރީ ކޯޓުން ޕޭޓޮންގްޓާން ސަސްޕެންޑު ކޮށްފައި ވަނީ، ހީލަތްތެރިކަމުގެ ތުހުމަތާއި، ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމުގެ ތުހުމަތުގެ އިތުރުން އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 36 މެންބަރެއްގެ ސޮޔާ އެކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޕޭޓޮންގްޓާން ސަސްޕެންޑު ކޮށްފައި ވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އަޑު އެހުން މީގެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
