
ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން ފަހަތުން އަރައި 3-2އިން ބާސެލޯނާ ބަލިވި މެޗުން މޮޅުވި ގޮތް ކިޔައިދިން އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު ޕެޑްރީ އެވެ. މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައި ލެވަންޓޭ އެވެ. އޭގެ ފަހުން ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 49 ވަނަ މިނިޓްގައި ޕެޑްރީ އެވެ. ދެ ވަނަ ގޯލު ޖެހީ ފެރަން ޓޮރޭޒެވެ. މެޗުން މޮޅުވި ގޯލަކީ އިތުރު ވަގުތުގައި ލެވަންޓޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެޑްރީ ބުނީ ދެ ލަނޑުން ބަލިވެގެން ޗޭންޖިން ރޫމަށް ދިއުމުން ކޯޗު ހަންސީ ފްލިކް އިރުޝާދު ދިނީ މެޗުން ކޮންމެ ގޮތެއް ހަދާފައި ވެސް ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

“ކޯޗު ބުނީ މި މެޗުގެ ތިން ޕޮއިންޓް އަހަރުމެން ހޯދަން ޖެހޭ ކަމަށް. އޭނާ ވަރަށް ބޮޑަށް ބާރު އެޅި އެކަމަށް. ދެ ވަނަ ހާފުގައި ކުޅުންތެރިން އެކަމަށް ވިސްނައިގެން،” ޕެޑްރީ ބުންޏެވެ. ބާސެލޯނާއިން ފަހު ހާފަށް ނުކުތީ ބަދަލުތަކަކާއެކުގަ އެވެ. މެދުން މާކް ކަސާޑޯ އަރިމަތިން މާކަސް ރަޝްފޯޑް އަދި ހާފުގެ މެދަކާ ހަމައިން ރޮނަލްޑް އަރައުހޯ އާއި ބަލްޑޭ ވެސް ބޭލި އެވެ. މީގެ ބަދަލުގައި ގަވީ އާއި އޮލްމޯ އަދި އޭގެ ފަހުން ރޮބަޓް ލެވޮންޑޯސްކީ އާއި އަންދްރޭސް ކްރިސްޓިއަންސެން އަރުވައި ބާސެލޯނާއިން ކުޅުން ވަރުގަދަ ކުރި އެވެ.
“އަހަރުމެން ފުރަތަމަ ހާފުގައި ފެނުނީ ޖޯޝެއް ނެތި. ވަރަށް ރޫހު ދެރަކޮށް ފެނުނީ. އޭގެ ބަދަލުގައި ފަހު ހާފުގައި ކުޅުންތެރިން ކުޅެގަތީ މޮޅުވާން އަޒުމް ކަނޑައަޅައިގެން. މިހެންވެ މޮޅުވީ، ކޯޗު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
