
ކްރިސްޓަލް ޕެލަސްގެ ފޯވަޑް އެބެރޭޗީ އެޒޭ އެންމެ ފަހުން ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އަށް ސޮއި ކޮށްފި އެވެ. އުމުރުން 27 އަހަރުގެ އިނގިރޭސި ފޯވަޑް އާސެނަލް އާއި ގުޅިފައިވާއިރު އޭނާ ހޯދުމަށް ކްރިސްޓަލް ޕެލަސް އާއި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އެޒޭ ހޯދުމަށް އާސެނަލް އިން ޝައުގުވެރިކަން ފާޅުކޮށް ހުށައެޅި 60 މިލިއަން ޕައުންޑާއިއެކު ކްރިސްޓަލް ޕެލަސް އިން އެ ހުށައެޅުން ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެޒޭ ވަނީ އޭނާ ކުޑައިރުއްސުރެ ސަޕޯޓް ކުރަމުން އައި އާސެނަލް އަށް ބަދަލުވާން ނިންމާ އެ ކްލަބުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އާސެނަލް އިން ހުށައެޅި 60 މިލިއަން ޕައުންޑުގެ ހުށައެޅުމުގެ ތެރޭގައި އެޑްއޮންގެ ގޮތުގައި ވަނީ 8 މިލިއަން ޕައުންޑް ހިމަނާފަ އެވެ. ޕްރިމިއާ ލީގުގައި ލީޑްސް އާއި ދެކޮޅަށް އާސެނަލް ރޭ ކުޅުނު މެޗުގެ ކުރިން އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި އެޒޭ ވަނީ ދައްކާލާފަ އެވެ. އެޒޭ އާސެނަލް އާއި ގުޅުމުން އެ ކްލަބުގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ އެޒޭގެ ފަރާތުން އެ ކްލަބަށް ފައިދާތަކެއް ކުރާނެ ކަމަށާއި އަދި އެ ކްލަބުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. “އެޒޭ އަކީ ވަރުގަދަ އަދި ނުރައްކާތެރި ކުޅުންތެރިއެއް. އޭނާގެ ސަބަބުން ކްލަބުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާއިރު އެޒޭ އަކީ ދަނޑުމަތީގައި ވަރަށް ވިސްނުންތެރިކަމާއިއެކު ކުޅެމުންދާ ކުޅުންތެރިއެއް.” އާޓެޓާ ބުންޏެވެ.
އާސެނަލްގެ އެކަޑެމީގައި އުޅުމަށްފަހު މަތީ ފަންތީގެ ފުޓްބޯޅަ އޭނާ ކުޅެން ފަށާފައިވަނީ ކިއުޕީއާރު އިންނެވެ. އޭގެ ފަހުން އޭނާ ވަނީ 19.5 މިލިއަން ޕައުންޑުގެ ފީއަކަށް 2020 ވަނަ އަހަރު ކްރިސްޓަލް ޕެލަސް އަށް ބަދަލުވެފަ އެވެ. އިނގިރޭސި ގައުމީ ޓީމުން 2023 ވަނަ އަހަރު އެޒޭ އަށް ފުރުސަތު ލިބިފައިވާއިރު އޭނާ ވަނީ ކްރިސްޓަލް ޕެލަސް އަށް ކުޅެދިން 169 މެޗުގައި 40 ލަނޑު ޖަހާފަ އެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ވަނީ 14 ގޯލު ޖަހާ އިތުރު 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
