
ސްޕޭނުގެ އެންމެ ވާދަވެރި ކުލަބު ބާސެލޯނާއިން ސީޒަން ފެށި ގޮތާމެދު އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ. މި ދެ ޓީމުގެ ތެރެއިން ބާސެލޯނާ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރެއާލް މެޑްރިޑް ކުޅުނު ހަމައެކަނި މެޗުން މޮޅުވެވުނީ ކިރިޔާ އެވެ. މިކަމާ ބެހޭ ގޮތުން ކޯޗު ޒަބީ އަލޮންސޯ ބުނީ ބާސެލޯނާގެ ކަންކަމާ އޭނާ ނުވިސްނާ ކަމަށެވެ. “އަހަރެން ކަންބޮޑެއް ނުވޭ (ބާސެލޯނާއަށް ވުރެ ފަހތުގައި) އޮތީތީވެ. އަހަރެން ކަންބޮޑުވަނީ އަހަރުމެން ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ނުކުރެވިދާނެތީވެ. އަހަރުމެން ދަނީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރަމުން،” އަލޮންސޯ ބުންޏެވެ.
އޭނާ އަދި ބުނީ ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި އެ މަގާމަށް ދިއުމަށް ރެއާލް މެޑްރިޑުން ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރާނެ ކަމަށެވެ. ނަމަވެސް ސްޕޭނުގެ ގިނަ ނޫސްވެރިންގެ ނަރަޒުގައި އަލޮންސޯ ހަވާލުވި ފަހުން ރެއާލް މެޑްރިޑަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އޭނާ ޓީމާ ހަވާލުވީ ހުސްވި ސީޒަނުގައި ތައްޓެއް ނުލިބި ރެއާލް ސީޒަން ނިންމާލުމުންނެވެ. މިއާ ހިލާފަށް ބާސެލޯނާއިން ވަނީ ހުސްވި ސީޒަނުގައި ތިން ތަށި ހޯދައިފަ އެވެ. މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި މައްސަލަތަކެއް ހުއްޓަސް ބާސެލޯނާގެ ނަތީޖާތައް ވަރަށް ރަނގަޅެވެ.
އައު ސީޒަނަށް ބާސެލޯނާ އަށް ގެނެސްފައިވަނީ ތިން ކުޅުންތެރިއެކެވެ. މީގެ ތެރެއިން ރޫނީ އަދިވެސް ރަޖިސްޓަރީ ކުރެވިފައިނުވެ އެވެ. ނަމަވެސް ރެއާލް މެޑްރިޑާ ގުޅުނު ހުރިހާ ކުޅުންތެރިން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
