
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިން ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގައި، އެ ކުންފުންޏަށް 18 މިލިއަން ޑޮލަރު ދިނުމަށް ނުވަތަ ޓެކްސް އިން ލުޔެއް ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ. މި އެއާޕޯޓް 2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށް ވިލާއާ ހަވާލުކުރި ނަމަވެސް، 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކޮށް އެތަން އަތުލި އެވެ. ނަމަވެސް، ކޯޓުތަކުން ހުކުމްކުރީ އެއާޕޯޓް ވިލާއަށް އަނބުރާ ދިނުމަށެވެ. މި ހުކުމާ އެއްގޮތަށް 2022 ގައި އެއާޕޯޓް އަލުން ވިލާއާ ހަވާލުކުރެވުނެވެ. އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށާއި މަރާމާތު ނުކުރާތީ ގިނަ ބަޔަކު ޝަކުވާކުރުމުން، މި ސަރުކާރުން ވަނީ އެތަނާ ހަވާލުވެ ތަރައްގީ ކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ. މިކަމާ ގުޅިގެން ވިލާ ކުންފުނިން ސަރުކާރަށް 21 މިލިއަން ޑޮލަރުގެ ބަދަލަކަށް އެދިފައިވީ ނަމަވެސް، އިކޮނޮމިކް ކައުންސިލުން ނިންމީ 18 މިލިއަން ޑޮލަރު ދިނުމަށެވެ.
މި ފައިސާ 18 މަސް ދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށް ނުވަތަ ވިލާ ގްރޫޕްގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަހަށް ބަހާލައިގެން އެޖަސްޓް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވެ އެވެ. މި ދެ ގޮތުންކުރެ ވިލާ ކުންފުނިން ބޭނުން ގޮތެއް އެންގުމަށް ސަރުކާރުން ވަނީ އެދިފައެވެ. ގާސިމް އިބްރާހިމް ވިދާޅުވީ، ވިލާ ކުންފުންޏަށް ލިބުނު ގެއްލުމާއި އެތަނަށް ކުރި އިންވެސްޓްމަންޓަށް ބަލައި 18 މިލިއަން ޑޮލަރު ދިނުމަށް ނިންމީ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި އެތަނަށް އިންވެސްޓް ނުކުރެވޭނެތީ އެތަން ދޫކޮށްލީ ކަމަށާއި، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާ އެނގިތިބެ ވެސް ސަރުކާރަށް އެތަން ދޫކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވީ، އެއާޕޯޓް ސަރުކާރާ ހަވާލުވީ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މާފުކުރުމަށްފަހު ކަމަށާއި، މީގައި ކޮރަޕްޝަން ހިމެނޭކަމުގެ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް ގާސިމް ވިދާޅުވީ ޔާމީން ދެއްކެވީ އިތުރުފުޅެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
