
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ރައްކާތެރި މާހައުލެއް އިދިކޮޅު ހުރިހާ ޕާޓީއަކަށް ވެސް އެބައޮތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ރައީސް އަދި ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒުލްފާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ރައްކާތެރި މާހައުލެއް އިދިކޮޅު ހުރިހާ ޕާޓީއަކަށް ވެސް އެބައޮތްކަން ޕީއެންއެފްއިން ބޭއްވި ޖަލްސާއިން ވެސް ހާމަވެގެންދާ ކަމަށެެވެ. “ޕީއެންއެފްގެ އެއްވުމަކުން އެނގުނީ ރާއްޖޭގައި ހަގީގަތުގައި ވެސް ޑިމޮކްރަސީ ފައްކާވެފައިވާކަން” ޒުލްފާ ވިދާޅުވިއެވެ. ޒުލްފާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކަށް ހިޔާލު ފާޅުކޮށް ފާޑުކިޔުމުގެ ރައްކާތެރި މާހައުލެއް އިދިކޮޅު ހުރިހާ ޕާޓީއަކަށް ވެސް އެބައޮތް ކަމަށާއި ޖަލްސާގައި އެއްވެސް ހުރަހެއް ނުވަތަ ކަރުނަ ގޭހެއް ބޭނުންކޮށްފައިނުވާ ކަމަށެވެ. އަދި އެ ޑިމޮކްރެޓިކް ރޫހު އާލާކޮށްދެއްވި ކަމަށްޓަކައި ޒުލްފާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފައެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ ހުރީ ކޮންމެވެސް އިސް ބޭފުޅެއްގެ ދަރިއެއްގެ ނަމުގައި ސްރީ ލަންކާގައި ހުޅުވާފައި ހުރި އެކައުންޓެއްގައި ކަމަށް ވެސް ވިދާޅުވިއެވެ. ޕީއެންއެފްއިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެންޓިލޭޓަރުން ނުވަތަ ނޭވާ ހޮޅިން ވައްކަން ކުރި ވާހަކަ އަޑު އިވޭ ކަމަށެވެ. އަދި ދުބާއީގައި އުޅޭ “ކޮންމެވެސް ރާޖޫ” އަަކަށް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކަމަށާއި ރާޖޫ 15 ޕަސަންޓް ނެގުމަށްފަހު ގެއްލުނު ކަމަށް ވިދާޅުވިއެވެ.
“އެ 810،000 ޑޮލަރު އެ ހުރީ ކޮންމެވެސް ބޭފުޅެއްގެ ދަރިއެއްގެ، ކޮންމެވެސް އިސް ބޭފުޅެއްގެ ދަރިއެއްގެ ސިލޯނުގައި ހުރި ބޭންކް އޮފް ސިލޯން އެކައުންޓެއްގައި. އަޅުގަނޑެއް ރައްޔިތުން ކައިރީގައި ދޮގެއް ނުހަދާނަން. އަޅުގަނޑު ވެއްޖެއްޔާއި ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު. އަޅުގަނޑު ކުރާ ވައްކަމަކާއި އަޅުގަނޑު އަތުގައި ހުރި ލާރި އެކަމަށް ފޭސް ކުރަން ނުކުރިގެން އަނބިމީހާ އާއި ދަރިންގެ ނަމުގައި ނުބަހައްޓަމޭ. ހާދަ ފިނޑި ކަމެކޭ އެއީ. އެއީ ފިރިހެން ސިފައެއް ނޫން” ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި، ކަރުދާސް ކުންފުންޏަކަށް ވެންޓިލޭޓަރު ގަންނަން ޑިއުޑެލިޖެންސް ނުހަދާ އޭރު ހަވާލު ކުރީ، “ގަސްތުގައި ވައްކަން ކުރަން” ކަމަށެވެ. އަދި އެ ހިޔާނާތުގެ ދުބާއީ ކުންފުންޏަށް %15 ލިބުނު އިރު، ބާކީ ލިބުނީ އެ ވަައްކަން ކުރި މީހުންނަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
