
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރާއި ގުޅިގެން މާލޭގައި ބޮޑު ޕަވާ ޕްލާންޓެއް ގާއިމްކުރެވޭތޯ މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މާލެއަކީ ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކާއި ހިލާފް ކޮމަން ގްރިޑެއް އޮންނަ ތަނެއް ކަމަށެވެ. މާލޭގައި އޮންނަނީ ހަމައެކަނި ސްޓެލްކޯ ގްރިޑް ކަމަށާއި ޕަވާ އުފައްދަނީ ވެސް އެތަނުން ކަމަށް ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ކަރަންޓުނެތި އުޅެވޭނެ ހާލަތެއް މާލެއަކު ނެތް ކަމަށާއި ފެނާއި އަސާސީ ހުރިހާ ހިދުމަތެއް ބިނާވެފައިވާ ކަރަންޓުގެ މައްޗަށް ކަމަށެވެ.
“ޑައުންޓައިމް ކުޑަކުރުމަށާއި އަދި ކަރަންޓު ނުކެނޑޭނެ ގޮތްތަކެއް ޕްލޭން ކުރުމަށް އަބަދުވެސް މަސައްކަތް ކުރަން. އެހެން ނަމަވެސް ކޮންމެ ކަމެއް ވެސް ދިމާވަނީ ފައިސާއާ. މިހާރު ވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންގެންދަނީ ބޮޑު ޕަވާ ޕްލާންޓެއް މާލޭގައި އެޅޭތޯ.”. ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މި އަހަރު ވެސް މިދިޔަ އަހަރުގައި ވެސް ޕީކްގައި 17 މެގަވޯޓް އިތުރުކުރި ކަމަށާއި ނަމަވެސް އެއީ ސަސްޓޭނަބަލް މޮޑަލެއް ނޫން ކަމަށް ވިދާޅުވިއެވެ. ހައި ސްޕީޑް އިންޖީން ގެނެސް ބަހައްޓައިގެން ހިންގުމަކީ ސަސްޓޭނަބަލް މޮޑަލެއް ނޫންކަންވެސް ފަހުމީ ފާހަގަކުރެއްްވިއެވެ.
“މިހާރު ވެސް މަސައްކަތް ކުރަމުން މި ގެންދަނީ 100 މެގާވޮޓްގެ އާ ޕަވާޕްލާންޓެއް އެޅޭތޯ. އެހެން ނަމަވެސް މި ސަރުކާރު އައިއިރުގައި އިގްތިސޯދީ ހާލަތު އޮތް ގޮތް ދެނެވަޑައިގަންނަވާނެ. އިގްތިސޯދީ ގޮތުން ގައުމު ދަރަނިވެރިވެފައި އޮތީ. ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކުއާ ކުރުމަށް ވެސް ފައިނޭންސް އިންސްޓިއުޓްޓުން ބަލާ ދެއްތޯ. އެހެންވީމަ ގައުމުގެ ހާލަތާއި އަޅުގަނޑުމެންގެ ހާލަތާއި މި ސަރުކާރު އޮތް ހާލަތު އެއީ އެ ވާހަކަ އިތުރަށް ދައްކަން ޖެހޭ ހަގީގަތެއް.” ފަހުމީ ވިދާޅުވިއެވެ. ސްޓެލްކޯގެ އަމާޒަކީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
