
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވައްކަން ކުރި ކަމަށާއި އަދި އެކަން ކުރެއްވި އަމިއްލަފުޅަަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުތިރާފް ވެއްޖެއެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލާފައި ވެއެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އަދި މީގެ ކުރިން މިފަދަ މައްސަަތަކުގައި އެމަނިކުފާނުގެ މައްޗަށް ހުކުމްވެސް ކޮށްފައި ވެއެވެ. އޭގެ ތެރެއިން އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި ވަނީ އިއްވާފައެވެ. އޭގެ ފަހުން ޔާމީން މިނިވަންވެފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
އަދި އޭގެ ކުރިން، ގއ. ވޮޑަމުލާ މައްސަލައިގައި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމަށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި މި ޙުކުމް ހައިކޯޓުން ދަމަހައްޓާފައިވީ ނަމަވެސް، ސުޕްރީމް ކޯޓުން އެ ޙުކުމް ބާޠިލުކުރުމާ ގުޅިގެން، 2 އަހަރު ފަހުން 2021 ގައި ރައީސް ޔާމީން ވަނީ މިނިވަންކުރެވިފައެވެ. ޕީއެންއެފްއިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން މި ވައްކަމުގެ ވާހަކަ ދައްކަވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮވިޑް-19ގެ ދުވަސްވަރު ހިނގި ވެންޓިލޭޓަރު ވައްކަމުގެ ވާހަކަ ތެރެއިންނެވެ. އެމަނިކުފާނު ވިދާޅުވީ، އެ ފައިސާއަކީ މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ކަަމަށެވެ. އަދި ނޭވާހޮޅިއަށް އެޅިފައި އޮއްވާ އިވުނީ ބޮޑު ވައްކަމެއްގެ ވާހަކަ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
“ދުބާއީގައި އުޅޭ ކޮންމެވެސް ރާޖޫއަކަށް ޕްރޮޖެކްޓް ދިނީ، %15 ނަގާފައި ރާޖޫ ގެއްލިއްޖެ، ކުންފުންޏަކަށް މި ދިނީ، މިއީ ޑިއުޑެލިޖެންސް ނަހަދާ މިކަން ކުރަނީ، މިއީ ގަސްތުގައި ވައްކަން ކުރަން ވެގެންނޭ ބުނަން މި އުޅެނީ، ގަސްތުގައި ވައްކަން ކުރަން ވެގެންނޭ، އެހެން ނޫނިއްޔަކާ ކޮންމެ ކޮންމެ މީހަކަށް ހަވާލެއް ނުކުރާނެ މި ކަންކަމެއް،”. ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ. އެ %15 ނަގާފައި އޮތް، އަށްލައްކަ ދިހަހާސް ޑޮލަރު މިއަދު އެ ހުރީ ކޮންމެވެސް އިސް ބޭފުޅެއްގެ ދަރިއެއްގެ ސިލޯންގައި ހުރި ބޭންކް އޮފް ސިލޯންގެ އެކައުންޓެއްގައި ކަމަށެވެ. “އަޅުގަނޑެއް ރައްޔިތުން ކައިރީގައި ދޮގެއް ނަހަދާނަން، މީގެ ހަގީގަތް ތިބޭފުޅުން ހޯއްދަވާ، ކޮންމެވެސް ބޭފުޅެއްގެ ދަރިއެއްގެ ނަމުގައި،”. ދެން ދެއްކެވީ އެމަނިކުފާނު ވައްކަން ކުރެއްވި ވާހަކައެކެވެ. ޔާމީން ވިދާޅުވީ ވައްކަން ކުރެއްވީ އެމަނިކުފާނު ކަމަށާއި، ވައްކަން ކޮށްގެން ހޯދި ފައިސާ ހުރީ އެމަނިކުފާނުގެ އަތުގައި ކަމަށެވެ.
“އަޅުގަނޑުވިއްޔާ ހުރިހާ ވައްކަަމެއް ކުރީ އަޅުގަނޑު، އެކަމަކު އަޅުގަނޑެއް އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑު އަތުގައި ހުރި ލާރި، އަޅުގަނޑުއެއަށް ފޭސް ކުރަން ނުކެރިގެން އަޅުގަނޑުގެ އަނބިމީހާ އާ ދަރިންގެ ނަމުގައި ނުބަހައްޓަމޭ، ހާދަ ފިނޑިކަމެކޭ އެއީ،”. ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އެއީ ފިރިހެން ސިފައެއް ނޫން ކަމަށާއި، ތަހުގީގަށް ދަމާނީ “އެ ފަކީރު” ކަމަށެވެ. “އަޅުގަނޑުގެ ލާރި، އަޅުގަނޑުގެ ދަރިފުޅު ޒޭންގެ ނަމުގައި ހުރިއްޔާ، ޒޭނަށް އެނގޭނެތޯ ޖަވާބުދާރީވާން، އެކަމަކު މި މީހުންގެ ފިނޑިކަން ހުންނަ މިންވަރު މިއީ އެނގޭތޯ، އެހެރީ ކޮންމެވެސް ލީޑަރެއްގެ ދަރިއެއްގެ ނަމުގައި ސިލޯން ބޭންކް އޮފް ސިލޯންގައި ހުރި އޭނާގެ ދަރިފުޅުގެ ނަމުގައި ހުރި އެކައުންޓްގައި އެ ހުރީ،”.
މި ވާހަކައިގެ ތެރެއިން ދެން ޔާމީން ދެއްކެވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ވާހަކައެވެ. މިގޮތުން އަދީބު ދުބާއީގައި ހުންނަ އެޕާޓްމެންޓްގެ ކުލި ދައްކަނީވެސް މީހެއް ކަމަށް ވިދާޅުވިއެވެ. “ހަމަ ރާއްޖޭގައި އިސް ބޭފުޅެއް އެއީ، ހަމަ ދުބާއީ އެކައުންޓަކުން އެ އޮޕަރޭޓް ކުރަނީ، އެހެންވީމަ ކީއްވެގެންތޯ އެ ބޭފުޅަކަށް އަދީބަށް ބަލަދު އަރައިގެން މި ހުރީ،”. ޔާމީން ވިދާޅުވިއެވެ. އަދި ތަނަވަސް އަދީބުގެ ދިރިއުޅުމުގެ ހަރަދާއި އެޕާޓްމެންޓްގެ ކުލި އެހެން މީހެއްގެ ޗެކް ފޮތުން ކަނޑާލަދެނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
