
(ފޮޓޯ ކްރެޑިޓްސް: އެމްޕީޢެލް)
މިއަދު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އިންޖީނުގޭގެ މަސައްކަތްތަކެއް ކުރުމަށް ތާވަލުކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދު ހެނދުނު 6:00 އިން 10:00 އަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ކެނޑޭ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ ގަޑިއިރެއްހާ އިރަށްކަމަށެވެ. އަދި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ކަރަންޓު ނުކެނޑޭނެކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، ހުޅުމާލެ އިންޖީނުގެ ޤާއިމުކުރިފަހުން އިތުރުވަމުންދާ އާބާދީއާއި ކަރަންޓުގެ ޑިމާންޑަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރު އިންޖީނުތަކެއް އިންސްޓޯލްނުކުރެވުމުގެ ސަބަބުން މިހާރު ހުރި އިންޖީނުތައް ނިއްވާލައިގެން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާގޮތުގައި ނުކުރެވޭކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، ހުޅުމާލޭ އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހޭނެކަމަށް ފަހްމީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“މިމަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންގެ ނެޓްވޯކްއިން ގާތްގަނޑަކަށް 50 މެގަވޮޓް އުނިވެގެންދާނެ. އެހެންކަމުން ފަހަރެއްގައި މާލެއާއި ހުޅުމާލެއިން ލޯޑް ޝެޑްއެއްކުރަންޖެހިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ކޮންޓްރޯލް ލޯޑް ޝެޑްއަކަށް މިދަނީ. އަޅުގަނޑުމެން ކަސްޓަމަރުންނަށް އަންގަމުންވެސްދާނަން، ބައިގަޑިއިރަށް ނުވަތަ 45 މިނިޓަށް ކެނޑިދާނެއޭ އެކި ދިމަދިމާލުން އެކި ފަހަރުމަތިން ކަނޑާލާނެއޭ.” ފަހުމީ ވިދާޅުވިއެވެ. ސްޓެލްކޯގެ އިންޖިނިއަރ އިބްރާހިމް ނިޝާދު ވިދާޅުވީ، މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން 10:00 ޖެހުމާއި ހަމައަށް ނަމަވެސް މާލެއާއި ހުޅުމާލެ އެއްކޮށް ކަރަންޓު ކަނޑަލީ ނޫންކަމަށެވެ. “އަޅުގަނޑުމެން ކަރަންޓު ކަނޑާނީ އެކަނޑާ ސަރަޙައްދަކުންވެސް ގާތްގަނޑަކަށް ގަޑިއިރަކަށް. އަދި ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާނަން.” ނިޝާދު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިންޖީނުގެތަކެވެ. ހުޅުމާލޭ އިންޖީނުގޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކުރުމަށް އެއިންޖީނުގޭގައި ހުރި 6 އިންޖީނު ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
