
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ޖޫންމަހު އެކަނިވެސް ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 42.5 މިިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން ވަނީ ދަޢުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ޖޫންމަހުގެ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ‘މަންތްލީ ފިސްކަލް ޑިވޮލޮޕްމެންޓް’ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖޫން މަހު ދަޢުލަތަށް 2.9 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20.8 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޖޫންމަހު ޓެކްސްގެ ގޮތުގައި ދަޢުލަތަށް 2.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫންމަހު ޓެކްސްގެ ގޮތުގައި ދަޢުލަތަށް ލިބުނު 1.8 ބިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު 16.6 އިންސައްތަ އިތުރު އަދަދެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖޫން މަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދަޢުލަަތަށް 844 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024ވަނަ އަހަރުގެ ޖޫން މަހު މި އަދަދު ހުރީ 622 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 35.7 އިންސައްްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން ޖޫން މަހު ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 42.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024ވަނަ އަހަރުގެ ޖޫން މަހު ދަޢުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 16.9 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 151.5 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިދިޔަ ޖޫން މަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު އެސްޑީއެފް ފަންޑަށް 143 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު މި ފަންޑަށް ޖަމާކުރި 93 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.8 އިންސައްތަ އިތުރު އަދަދެކެވެ.
ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް ޖޫން މަހުގެ ތެރޭގައިވަނީ އިތުރުވެފައެވެ. ނިމިދިޔަ ޖޫންމަހު ދަޢުލަތުގެ ބަޖެޓުން 2.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2024ވަނަ އަހަރުގެ ޖޫން މަހު ދަޢުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 3.6 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން، ދަޢުލަތުގެ ރިކަރަންޓް ޚަރަދަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 462 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
