
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ވެލާނާ އެއަރޕޯޓުގެ ކުރީގެ ރަންވޭ، ޓެކްސީވޭ ޗާލީގެ އަލުން ތަރައްޤީކުރުމުގެ ފިޔަވަހީގެ މަސައްކަތް ނިންމާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް، ބީޔޫސީޖީ އާއެވެ. މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރު އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ހަވާލުކޮށްފައިވާއިރު، މިމަސައްކަތް ނިންމާފައިވަނީ ތާވަލަށްވުރެ 84 ދުވަސް ކުރިން ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
The Phase 1 of the Taxiway Charlie Rebuild Project at @VelanaAirport has been completed and officially handed over to MACL by Beijing Urban Construction Group (BUCG).
At a ceremony held today, our DMD, Mujthaba Latheef, presented the Phase 1 of the project completion certificate… pic.twitter.com/zS5Xb3zHRv— Maldives Airports Company Ltd (@MACLmedia) August 21, 2025
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފައެވެ. މި ރަސްމީއްޔާތުގައި އެމްއޭސީއެލް އަދި ބީޔޫސީޖީގެ އިސްވެރިންގެއ އިތުރުން ސިވިލް އެވިއޭޝަން އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ބީޔޫސީޖީއާއި ލިިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. ބީޔޫސީޖީގެ ފަރާތުން ލިޔުމާއި ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާޙް ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ނޫރްއައިން ވަނީ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއެއްކަން ފާހަގަކޮށް އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.
ވެލާނާ އެއާޕޯޓައި ކުރިން ބޭނުންކުރި ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލީ 2022 ވަނަ އަހަރު އައު ކޯޑް-އެފް ރަންވޭ ބޭނުން ކުރަން ފެށުމުންނެވެ. މިއާއެކު އެ ރަންވޭ ބޭނުން ކުރަމުންދިޔައީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ. ޖުމްލަ 3200 މީޓަރު މި ރަންވޭ އަކީ 1976 ގައި ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އޭގެ ފަހުން އެކި ވަރުގެ މަރާމާތުތަކެއްކޮށްފައިވީނަމަވެސް ރަންވޭގެ ހާލަތު ވަނީ ދަށްވެފައެވެ. ޓެކްސީވޭ-ޗާލީގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ރަންވޭގެ މަސައްކަތް އެއްކޮށް ނިމުމުން ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ކޮމަޝަލް އެއަރލައިނެއްގެ އެވަރޭޖް ޓަރންއެރައުންޑް ޓައިމް 20 މިނެޓް ކުޑަ ކުރެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
