
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހުގެ ދެ ދުވަސް ކުރިން ޕާކިސްތާނުގެ ނޫރު މުޙައްމަދު އޭނާގެ މަންމައާ ގުޅައި، ވަރަށް ގިނަ އިރުވަންދެން ފޯނުން ވާހަކަދެއްކިއެވެ. އެއީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އޭނާގެ މަންމަ އާއި ޢާއިލާގެ އިތުރު 23 މެންބަރުން މަރުވުމުގެ ގަޑިއިރުކޮޅެއް ކުރިންނެވެ. “އެ ދުވަހު އަހަންނާ މަންމަ ވާހަކަ ދެއްކިއިރު މަންމަ އުފާވެފައި ހުރި މިންވަރު ބުނެދޭން ވެސް އަހަންނަކަށް ނޭނގެ”، ފެންބޮޑުވުމުގެ ހާދިޘާގައި ސުންނާފަތިިވެފައިވާ އޭނާގެ ޢާއިލާ ދިރިއުޅެމުންދިޔަ 36 ކޮޓަރީގެ ގެ ކައިރީގައި ހުރެ ނޫރު ބުންޏެވެ. ނޫރުގެ ގެ ހުންނަ ޤާދިރު ނަގަރު އަވަށަކީ ޕާކިސްތާނަށް ކުރި ބޯ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކުރި އެއް އަވަށެވެ. ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި މަރުވި 400އެއްހާ މީހުންގެ ތެރެއިން 200އަށްވުރެ ގިނަ މީހުން މަރުވެފައި ވަނީ މި ފަރުބަދަމަތީ ސަރަޙައްދުންނެވެ.
ނޫރަކީ މެލޭޝިޔާގައި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޕާކިސްތާނަށް އައީ އޭގެ ދެ ދުވަސް ފަހުން ކައިވެނިކުރުމަށެވެ. އޭނާގެ ކައިވެނީގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި ޢާއިލާއިން ދިޔައީ ހުރިހާ ކަމެއް ގާތުން ބަލަމުންނެވެ. ނަމަވެސް ކައިވެނީގެ ހަފްލާއަށް ދިޔުމުގެ ބަދަލުގައި ނޫރަށް މަޖުބޫރުވީ 24 ޖަނާޒާގައި ބައިވެރިވުމަށެވެ. މަރުވި މީހުންގެ ތެރޭގައި އޭނާގެ މަންމައާއި ކޮއްކޮއާއި ދައްތައާއި ބޭބެގެ ޖަނާޒާ ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ބައްޕައާއި ބޭބެއަކު ސަލާމަތްވީ ފެންބޮޑުވި ވަގުތު އެ މީހުން ތިބީ ނޫރު އެއަރޕޯޓުން ބަލައިދިޔުމުގެ މަގުމަތީގައެވެ.
އުމުރުން 25 އަހަރުގެ ނޫރު ބުނީ އެ ދުވަހު އޭނާއަށް ގެއަށް އާދެވުނު އިރު ގެއެއް ނެތް ކަމަށާއި އެ ގެ ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އަވަށުގައި ފެންބޮޑުވެ އެ ފެެންގަނޑާއެކު ގެއާއި މަންމައާއި، ބޭބެއާއި ދައްތައާއި ކާފައާއި ބޮޑުބޭބެއާއި އެ މީހުންގެ ދަރިން އޮޔާ ގެންގޮސްފައިވާ ކަމަށް ނޫރު ބުންޏެވެ. ދެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ނޫރުގެ ބޭބެއިންގެ ޢާއިލާއެވެ. އަދި ނޫރުގެ ކައިވެނީގެ ހަފްލާއަށް ހާޒިރުވުމަށް އެ ސަހަރަށް އައިސްތިބި މީހުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ނޫރު ކައިވެނިކުރަން އުޅޭ ކުއްޖާއަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އޭނާ ދިރިއުޅޭ ގެ ހުންނަނީ ގެއްލުން ލިބުނު ހިސާބާ މާ ދުރުންނެވެ. އެންމެ ބޯކޮށް ވާރޭ ވެހުނު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ބުނީ އެ މީހުންގެ ޙަޔާތުގައި ވެސް އެ ވަރުގެ ތޫފާނެއް ތަޖުރިބާކޮށްފައި ނުވާ ކަމަށެެވެ. ފެންބޮޑުވުމުގެ ކުރިން އެ ސަރަޙައްދަކީ ވަރަށް ޗާލު ސަރަޙައްދެއް ކަމަށާއި، ނަމަވެސް މިއަދު އެ ސަރަޙައްދު ވަނީ ހަލާކުވެ ގޮސްފައި ކަމަށް އެ މީހުން ބުނެއެވެ.
ފެންބޮޑުވުމުގެ ހާދިޘާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް އެހާ ގިނައެވެ. މަރުވި މީހުންގެ ހަށިތައް އަދިވެސް ދަނީ ފެންނަމުންނެވެ. ފަހުގެ ވިއްސާރައިގައި 400 މީހުން މަރުވި ނަމަވެސް ޖޫން މަހުގެ ތެރޭގައި މޫސުމީ ވާރޭ ވެގެން ފެށި ފަހުން މަރުވި މީހުންގެ ޖުމްލަ ޢަދަދު 776އަށް އަރައެވެ. ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް އަދިވެސް ދެ ފަހަރެއްގެ މަތިން ބޯކޮށް ވާރޭ ވެހޭނެ ތޫފާންތައް އަންނާނެ ކަމަށް އިދާރާތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
