
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަނެ، އެ ބިމުގައި ޔަހޫދީން އާބާދު ކުރުމުގެ ރޭވުން ތަންފީޒު ކުރަން ފެށުމުން، ޔަހޫދީންގެ މަދަދުގާރުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އަދި ޖަޕާން ހިމެނޭ ގޮތުގައި 21 ޤައުމަކުން އެ ކަން ކުށްވެރި ކޮށްފިއެވެ. ހުޅަނގު އައްސޭރި ފޮތިކޮށްލައި، އިރުމަތީ ޤުދުސާ ވަކިކޮށްލުމުގެ ގޮތުން ޔަހޫދީން ވަނީ އީ1ގެ ނަމުގައި މަޝްރޫޢެއް ހިންގަން ފަށާފައެވެ. މިއީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ތަޅުއަޅުވައި، ހުއްޓުވުމަށް ހިންގާ މަޝްރޫޢެއްގެ ގޮތުގައި ޒަޔަނިސްޓުންގެ ނިރުބަވެރި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗު ސިފަ ކުރެއެވެ. އަދި، ފަލަސްޠީނުގެ ދައުލަތް ފޮހެލައި، ނިޒާމުން ގެއްލުވައިލާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އީ1 މަޝްރޫޢު ކުށްވެރިކޮށް 21 ޤައުމަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. “އެ ނިންމުން ކުށްވެރިކޮށް، އެ ނިންމުން ބަދަލު ކުރުމަށް އަޅުގަނޑުމެން ގޮވައިލަން،” ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް ގެދޮރު އިމާރާތް ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ޣައިރުޤާނޫނީ އަމަލެއްގެ ގޮތުގައި ވެސް ބަޔާނުގައި ސިފަކޮށްފައިވެއެވެ.
އީ1 މަޝްރޫޢަކީ، މީގެ އަހަރުތަކެއް ކުރިން ޔަހޫދީން ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ދަށުން ފެށުމަށް މަސައްކަތް ކުރި މަޝްރޫޢެކެވެ. ނަމަވެސް، 2012ވަނަ އަހަރާއި 2020ވަނަ އަހަރު އެ މަޝްރޫޢު ހިންގުން މަޑުޖައްސައިލާފައި އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ. ޚާއްޞަކޮށް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް ކުރިން ދިޔައީ އެ މަޝްރޫޢާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެ މަޝްރޫޢު އަލުން ފަށައި، ފަލަސްޠީނުގެ އިތުރު ބިންތަކެއް އިސްތިޢުމާރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އީ1 މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ގުޅޭ ސަރަޙައްދުގައި ޔަހޫދީން އާބާދު ކުރުމެވެ. އަދި، އިރުމަތީ ޤުދުސާއި ވަކިން އޮތް ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ މައަލޭ އަދުމީމާއި ޤުދުސް ގުޅައިލުމެވެ. އެ މަޝްރޫޢުގެ ދަށުން ހުޅަނގު އައްސޭރި ފަތިކޮށްލެވޭނެއެވެ. ނިރުބަވެރި ސްމުތުރީޗު ބުނީ، އީ1 މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ޔަހޫދީންގެ ދިފާޢީ ވުޒާރާއިން ދީފައިވާ ކަމުގައެވެ.
ޔަހޫދީންނާ ދެކޮޅަށް ބަޔާން ނެރުނު 21 ޤައުމުން ބުނީ، އީ1 މަޝްރޫޢާ އެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ އުންމީދަށް ހިޔަނި އެޅިގެން ދާނެ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ޤުދުސަށް ދަތުރު ކުރުމަށް ހުރަސް އެޅިގެންދާނެ ކަމުގައެވެ. ޔަހޫދީންނާ ދެކޮޅަށް ބަޔާން ނެރުނު އިތުރު ޤައުމުތަކުގެ ތެރޭގައި ބެލްޖިޔަމް، ކެނެޑާ، ޑެންމާކް، އެސްޓޯނިޔާ، ފިންލެންޑް، ފަރަންސޭސިވިލާތް، އައިސްލެންޑް، އަޔަލެންޑް، އިޓަލީވިލާތް، ލެޓްވިޔާ، ލިތުއޭނިޔާ، ލުގްޒެމްބަރގް، ދި ނެދަރލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްލޮވީނިޔާ، ސްޕެއިން އަދި ސްވިޑެން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
