
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ތައްޔާރުވުމުގެ ގޮތުން މެޗުގެ ވާމްއަޕްގައި ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ މި މެޗުގައި ކުޅެފައެއް ނުވެއެވެ. ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ބެޓިން މައްސަލައެއްގައި ސަސްޕެންޑް ކުރި ފަހުން އޭނާ ވެސްޓް ހޭމް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް އޭގެ 9 މިނިޓު ފަހުން ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ އޭނާ ޗެލްސީ އާއި ގުޅުނު ފަހުން ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯގެ އެސިސްޓަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ނެޓޯ އެވެ. އަދި އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން 11 މިނިޓަށް ވެފައިވަނިކޮށް އެސްޓެވާއޯ ވިލިއަންގެ އެސިސްޓަކުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި މޯސެސް ކައިސޭޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޓްރެވާ ޗަލޮބާ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީ އަށް ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ މި ނަތީޖާ އާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި މެޗު ނިކުތުމުގެ ކުރިންވެސް ކޯލް ޕާމާ އެއްކޮށް ފިޓު ނޫން ކަމަށާއި ނަމަވެސް ވޯމްއަޕްގައި ދިމާވި ކަންތަކާއިއެކު އިތުރު ރިސްކެއް ނަގަން ބޭނުންނުވާތީ އޭނާ މި މެޗުގައި ނުކުޅުވީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
