
ޖަރުމަން ލީގުގައި ރޭ އާރްބީ ލައިޕްޒީގާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ހެދި ހެޓްރިކާއެކު 6-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ. އެލިއަންޒް އެރީނާގައި ކުޅުނު މި ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލުމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ނަގާފައިވަނީ އެންމެ 27 މިނިޓެވެ. ސާޖް ގްނަބްރީގެ މޮޅު ކުޅުމާއިއެކު އޭނާ ދިން ޕާހަކު މެޗުގެ 27 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ލިވަޕޫލްއިން ދާދި ފަހުން ބަޔާން މިއުނިކާއި ގުޅުނު ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކޮށްފަ އެވެ. މި ލަނޑު އޭނާ ޖެހުމުގެ ކުރިން ފޮނުވާލި ނުރައްކާތެރި ހަމަލައެއް ވަނީ ލައިޕްޒީގުގެ ގޯލުގެ ދަނޑީގައިވެސް ޖެހިފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ގްނަބްރީގެ އިތުރު އެސިސްޓަކުން މައިކަލް އޮލިސޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. ބަޔާން މިއުނިކުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 64 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އޭނާގެ ނަން ސްކޯ ޝީޓަށް އަރުވާފައެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ލުއިސް ޑިއާޒްގެ އެސިސްޓަކުން ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ހެރީ ކޭން މި މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ކިމް މިންޖައި ދިން ޕާހަކުން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުހަށް ހުރެ ކާމިޔާބުކުރި ލަނޑުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
