
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް ޝައުގުވެރިކަމާއި، ލޯބި އެބައޮތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ފުޓްބޯޅަ އާއި ސަޕޯޓަރުންނާ އޮތް ގުޅުން ހީނަރުވެ، ރާއްޖޭގެ މައި ލީގަށް އޭގެ ނޭދެވޭ އަސަރު ކުރިކަމަށް ޠާރިޤު ވިދާޅުވިއެވެ. ޕީއެސްއެމް ނިއުސްގެ “ކުޅިވަރު ވިންދު” ޕްރޮގުރާމްގައި ވާހަކަދައްކަމުން ޠާރިޤު ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ލީގުގައި ކުޅުމުގެ ފުރުސަތުގައި އަތޮޅުތެރޭގެ ޒުވާނުންނަށް އޮންނަ ޖެހޭ ކަމަށެވެ. ވަށާޖެހޭ ނިޒާމެއްގެ ދަށުން ފުޓްބޯޅައަށް ހިންގުމަށް ބަދަލުގެނައީ މުޅި ރާއްޖެ ޝާމިލުވާހެން ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް ޠާރިޤު ވިދާޅުވިއެވެ.
އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ސަރަހައްދުގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެވޭނެ ގޮތެއް ވަނީ ކަނޑައަޅާފައެވެ. “ހއ. ފެށިގެން އައްޑު އަތޮޅާއި ދޭތެރޭގައި، ކޮންމެ އަތޮޅެއްގައި އަތޮޅު މުބާރާތެއް ބާއްވާ، އޭގަ އޮންނަ އުސޫލަކުން ޓީމުތައް ކޮލިފައިވާ ޓީމުތަކުގެ މެދުގައި ލީގެއް ކުޅޭ ގޮތައް، އެއީ ނޯތު ލީގު، ސެންޓްރަލް ލީގު ސައުތު ލީގް އޭގެ އިތުރުން މާލެ ލީގު އޮންނާނެ، މިހާރު އޮތް މާލެ ލީގަކީ ސެކަންޑް ޑިވިޝަން، އަތޮޅުތެރޭގައި އޮންނަ ސެކަންޑަ ޑިވިޝަނަކަށް ވާނީ ރީޖަނަލް ލީގު.” ޠާރިޤު ވިދާޅުވިއެވެ.
މިއީ މުޅި ރާއްޖޭ ހިމެނޭހެން އަލުން ފޯރި ގެނައުމަށް މަސައްކަތް ފަށަންވީ ވަގުތު ކަމަށާއި އެގޮތުން އޮކްޓޯބަރު މަސްތެރޭގައި ބައިވެރިވާނެ އަދަދި އެގުމުން ކުރިއަށްދާނެ ގޮތެއް އެނިގިގެންދާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ. އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މުބާރާތެކެވެ. ނަމަވެސް މި މުބާރާތް މި ފަހުން ނުބާއްވައި ދިޔައީ މާލީ ގިނަ މައްސަލަތަކަކާ ހެދިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
