
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށުނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރެވިގެންދިޔަ އެއްކަމަކީ އެއަތޮޅު ތޮއްޑޫ އަދި އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ހުޅުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޙާބުގެ ކެމްޕެއިންގެ ތެރެއިން ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައި ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ. މި ވަޢުދުފުޅު ފުއްދަވައިދެއްވައި، ބުދަ ދުވަހު ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ހަމަ ވަޢުދުވެ ވަޑައިގެންނެި ގޮތަށް، އެ އަތޮޅު އުކުޅަހުގައިވެސް ޑޮލަރު އޭޓީއެމް ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވާދެއްވާފައެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް އަންނަމުންދާ މި ދެރަށަށް މިއީ އިޤްތިޞާދީ ގޮތުން ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ. އުކުޅަހުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ޚިދުމަތް ޤާއިމްވެގެން ދިއުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. “މި ރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޑޮލަރު އޭޓީއެމްގެ ސަބަބުން އަދި ބްރާންޗު ސަބަބުންވެސް ލިބޭނެ. ހަމައެއާއި އެކު ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދޭ. އަޅުގަނޑު ޤަބޫލުކުރަނީ މިކަން. މިރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ދޮރަކަށް ވެގެންދާނެކަމަށް. ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތޮއްޑޫ އަދި އުކުޅަހު ކައުންސިލުންވެސް އެ ދެ ރަށުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައެވެ. އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް މިކަން ސިފަކުރެއްވީ ވިޔަފާރިވެރިން ތިބި ނުތަވަސްކަމެއްގެ ތެރެއިން އަރައިގަނެވުން ފަދަ ކަމެއްގެ ގޮތުގައިއެވެ. “މިރަށުގެ ވިޔަފާރީގެ ގިނަ މުޢާމަލާތްތަކަކީ ބޭރުފައިސާއިން ކުރެވޭ މުޢާމަލާތްތަކަށްވާއިރު، އަޅުގަނޑުމެންގެ ރަށުގައި ޑޮލަރު ޖަމާކުރެވޭނެ ގޮތެއް ނެތުމުން ވިޔަފާރިވެރިން ތިބެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ނުވަތަ ނުތަނަވަސް ކަމެއްގެ ތެރޭގައި. އެހެންނަމަވެސް މި އިފްތިތާޙްވެގެންދާ ޚިދުވަމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާނެ. ” އުކުޅަހުގެ ކައުންސިލުގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ޑޮލަރު އޭޓީއެމްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވަންނަ ބޭރު ފައިސާ ޖަމާކޮށް ވަގުތުން ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުކުރެވެން ފަށާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިޔަފާރިތަކުން މިގޮތަށް ފައިސާ ޖަމާކޮށް ދައުރުކުރަން ފެށުމުގެ ވިޔަފާރި ތަރައްޤީކުރުމަށް ލޯނު އެހީ ހޯދުމަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަށް ތަނަވަސްވެގެންދާއިރު، ރަށުގެ އާންމު އިޤްތިޞާދުވެސް ކުރިއެރުން ލިބެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަރިއަތޮޅު އުތުރުބުރިއަކީ ރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުންވެސް ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް އަތޮޅެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ އަތޮޅުގައި މިހާރުވެސް 4469 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ ތެރެއިން ގެސްޓް ހައުސްތައް އެންމެ ގިނައިން ހިންގަމުންދާ ދެ ރަށަކީ އެ އަތޮޅުގެ ތޮއްޑޫ އަދި އުކުޅަހެވެ. ތޮއްޑޫގައި 1024 ގެސްޓް ހައުސް އެނދު ރެޖިސްޓްރީކޮށްފައިވާއިރު، އުކުޅަހުގައި ދެ ހޯމްސްޓޭއި އެކު ގެސްޓްހައުސްތަކުގެ އެނދު ހިމަނައިގެން 458 އެނދު ރެޖިސްޓްރީކޮށްފައިވެއެވެ.
ބީއެމްއެލްގެ ދެ ޑޮލަރު އޭޓީއެމް އަރިއަތޮޅު އުތުރުބުރީގެ ދެ ރަށެއްގައި ބެހެއްޓިއިރު، މި ދެ އޭޓީއެމް ހިމެނޭހެން މާލެ ސަރަހައްދުން ބޭރުގައި ޑޮލަރު 5 އޭޓީއެމް ވަނީ ބެހެއްޓިފައެވެ. އެއީ ކ. މާފުށި، އައްޑޫސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، އއ. ތޮއްޑޫ އަދި އއ. އުކުޅަހުގައި ބަހައްޓާފައިވާ އޭޓީއެމްތަކެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
